Roadha Mihaaru
އައިފޯނުގެ ސްކްރީން ފަސޭހައިން ތަޅައިގެން ދަނީ ކީއްވެ؟

އައިފޯނުގެ ސްކްރީން އެހާ ފަސޭހައިން ތަޅައިގެން ދަނީ ކީއްވެ؟

15 އެޕްރީލް 2017

ތިޔައީ ވަރަށް ބިރުވެރި ސުވާލެކެވެ. އެންމެ ބޮޑު ބިރަކީ، ސުވާލަށް ޖަވާބުދޭން ޖެހުމެވެ. ވަކި އަސާސަކަށް ބުރަނުވެ ކޮށްފައި އޮތް ސުވާލަކަށް ވުމަކީ ވެސް ބިރެކެވެ. އައިފޯނަކީ ދެރަ އެއްޗެއް ކަމަށް ސިފަކުރުވަން ސުވާލުގައި ބާރުއަޅާފައި ވުމަކީ ވެސް ޖެހިލުންވާން ޖެހޭ ކަމެވެ. އެހެން ނޫނަސް، ސްކްރީން ނުތެޅޭ ފޯނެއް ހުރޭހެއްޔެވެ؟

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ތިޔައީ ވަރަށް ބިރުވެރި ސުވާލެކެވެ. އެންމެ ބޮޑު ބިރަކީ، ސުވާލަށް ޖަވާބުދޭން ޖެހުމެވެ. ވަކި އަސާސަކަށް ބުރަނުވެ ކޮށްފައި އޮތް ސުވާލަކަށް ވުމަކީ ވެސް ބިރެކެވެ. އައިފޯނަކީ ދެރަ އެއްޗެއް ކަމަށް ސިފަކުރުވަން ސުވާލުގައި ބާރުއަޅާފައި ވުމަކީ ވެސް ޖެހިލުންވާން ޖެހޭ ކަމެވެ. އެހެން ނޫނަސް، ސްކްރީން ނުތެޅޭ ފޯނެއް ހުރޭހެއްޔެވެ؟

ސްކްރީން ތަޅައިގެން ނުދާ ފޯނެއް ނުދަންނަމެވެ. އެ އެއްޗަކާ އެކަށީގެންވާ ބާރު މިނެއްގައި އޮބާލައިފި ނަމަ ރެނދު ނާޅާ ފޯނެއް ނެތެވެ. ފޯނު ކިތަންމެ މޮޅަސް، ވެއްޓި ޖެހޭ ގޮތަކުން ދާދި ފަސޭހައިން ތަޅައިގެން ދެ އެވެ. އައިފޯނެއް އަދި އެހެން ފޯނެއް އިސްތިސްނާ ނުކޮށެވެ. އެކަމަކު، އެންމެ މޮޅީ އައިފޯނު ކަމަށް ބުނާއިރު އެ ފޯނުގެ ސްކްރީން އެހާ ފަސޭހައިން ތެޅެނީ ކީއްވެތޯ ސުވާލުކޮށްފި ނަމަ އެ ސުވާލަށް ޖަވާބެއް އޮވެދާނެ އެވެ.

ފޯނު ފަސޭހައިން ތަޅައިގެން ދިއުމުގައި ފާހަގަކޮށްވޭ ކަންތައްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ފޯނު ގެންގުޅޭ މީހާގެ އަޚުލާގު ވެސް ހިމެނެ އެވެ. އައިފޯނުގެ ބޮޑު ބައި ބިއްލޫރިން ހަދާފައި އޮންނައިރު، އެއީ ބިއްލޫރިކަން ދަންނަން ވެސް ޖެހެ އެވެ. ބަޑިބޭސް ގެންގުޅެނީ އަތަށް ގޮވާފާނެ ކަމަށް ބަލައިގެންނެވެ.

ފޯނަށް ގެއްލުމެއް ނުވާނެ ގޮތަށް ގެންގުޅުމަކީ ބުރަ މަސައްކަތެކެވެ. އިޚުތިޔާރުގައި އަދި އިޚުތިޔާރުން ބޭރުގައި ވެސް އެކަން އެ ގޮތަށް ހިނގަ އެވެ. އެޕާޓްމަންޓަށް އަރާ ސިޑީގެ ރޭލިންގައި ޖެހިފައި ވެސް، ޖީބުފައި އޮންނަ ފޯނެއްގެ ސްކްރީން ތެޅެ އެވެ. ރޭލިންގައި ޖެހޭ ކޮންމެ ފަހަރަކު ތަޅައިގެން ނުގޮސް ސަލާމަތްވި ނަމަވެސް، ކޫރެއް ނުވަަތަ ބަނޑިއެއް ނުލައި ނުދެ އެވެ. ޖީބުގައި އޮތީ އައިފޯނަކަށް ވުން ކޮންމެހެން ލާޒިމެއް ނޫނެވެ.

އައިފޯނުގެ ސްކްރީން އެހާ ފަސޭހައިން ތަޅައިގެން ދާއިރު، ވަކި ހާލަތާ ބެހޭ ގޮތުން ސުވާލުކުރި ނަމަ ސީދާ ޖަވާބެއް ދެވިދާނެ އެވެ. އެހެން ނަމަވެސް މާކެޓްގައި ދެން ހުރި ފޯނުތައް ހިމަނައި، ދިރާސާއެއް ކޮށްފައި ނެތްއިރު، އައިފޯނަށް ކުރާ ނަފުރަތަކުން އުފެދޭ ޖަޒުބާތީ ސުވާލަކަށް ދޭނެ ޖަވާބެއް ނެތެވެ.

ހަނދާނުގައި ބަހައްޓަން ޖެހެނީ އައިފޯނަކީ، ދެން ހުރި ހުރިހާ ފޯނެއް އަނެއް ކޮޅަށް އެޅި ނަމަވެސް، އައިފޯނު ކޮޅަށް ބުރަވާ ވަރުގެ ސްމާޓްފޯނެއް ކަމެވެ. އައިފޯނު މެދުވެރިކޮށް އެޕަލުން ކުރަނީ ވިޔަފާރި އެވެ. ވިޔަފާރި އަށް އުފައްދާ ކޮންމެ މުދަލަކަށް ސުންގަޑިއެއް އަންދާޒާކުރެވިފައި އޮވެ އެވެ. މުއްދަތު ހަމަވާ ތާރީހެއް އޮވެ އެވެ.