Roadha Mihaaru
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟

އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟

14 ސެޕްޓެމްބަރ 2021

މިރޭ ތައާރަފްކުރާ އައިފޯން 13 ގައި 1 ޓެރަބައިޓްގެ ސްޓޮރޭޖް ހުންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިރޭ ތައާރަފްކުރާ އައިފޯން 13 ގައި 1 ޓެރަބައިޓްގެ ސްޓޮރޭޖް ހުންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

ޓެކް ކުންފުނީގެ އުފައްދުންތައް ރިސާޗްކުރާ ބައެއް މީހުން ބުނެފައިވާ ގޮތުގައި އައިފޯން 13އާ އެކު ގެނެސްދޭނެ އެންމެ މުހިއްމު ބަދަލަކަށް ވާނީ، ފުރަތަމަ ފަހަރަށް ސްޓޯރޭޖް ޓެރަބައިޓަށް އެރުމެވެ.

އެގޮތުން އައިފޯން 13 ސީރީޒްގެ ތެރެއިން އައިފޯން 13 ޕްރޯ އާއި ޕްރޯ މެކްސްގެ އެންމެ މަތީ ސްޓޯރޭޖަކީ އެއް ޓެރައިބައިޓް ކަމަށް، މަޝްހޫރު ރިސާޗަރު/އެނަލިސްޓް މިން-ޗީ ކުއޯ ބުންޏެވެ. އަބަދުވެސް ޓެކް ކުންފުނިތަކުގެ އާ އުފެއްދުންތައް ނެރުމުގެ ކުރިން އެ އެއްޗިއްސާ ބެހޭ އާ މައުލޫމާތުތައް ގެނެސްދޭ ކުއޯ ބުނި ގޮތުގައި އައިފޯން 13 ސީރީޒްގެ ތެރެއިން ދެ ފޯނެއްގެ ސްޓޯރޭޖް އެއް ޓެރަބައިޓަށް އަރާނެ އެވެ.

އައިފޯން 13 އާއި އައިފޯން 13 މިނީގެ ސްޓޯރޭޖްތައް އުޅޭނީ 128 އާއި 256 ގެ އިތުރުން 512 ޖީބީގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައިފޯންގެ ސްޓޯރޭޖް ކެޕޭސިޓީ އަށް ގެންނަ ރެކޯޑް ބަދަލުގެ އިތުރުން ވެސް އައިފޯން 13 އިން ކަސްޓަމަރުންނަށް އިތުރު އާ ކަންތައްތަކެއް ގެނެސްދޭނެ އެވެ.

މި އިވެންޓްގައި އައިފޯން 13 ގެ އިިތުރުން އިތުރުން އެޕަލް ވޮޗްގެ އެންމެ ފަހުގެ ވާޝަނާއި އާ އައިޕެޑް މިނީ އާއި މެކްގެ އަޕްގްރޭޑް ވާޝަންތައް ވެސް ދައްކާލާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން އައިއޯއެސް 15 ވެސް ލޯންޗްކުރުން އޮންނާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ. މިރޭގެ އިވެންޓް އެޕަލްގެ ވެބްސައިޓާއި އެކި ޕްލެޓްފޯމްތަކުން ރާއްޖޭ ގަޑިން މިރޭ 10:00 ގައި ދައްކަން ފަށާނެ އެވެ.