Roadha Mihaaru
ސައިކަލު ވައިބްރޭޝަނުން އައިފޯނުގެ ކެމެރާ ހަލާކުވެދާނެ

ސައިކަލު ވައިބްރޭޝަނުން އައިފޯނުގެ ކެމެރާ އަށް ގެއްލުންވެދާނެ

15 ސެޕްޓެމްބަރ 2021

ސައިކަލްގައި އައިފޯނު މައުންޓްކޮށްގެން ދުއްވާ ނަމަ ވައިބްރޭޝަންގެ ސަބަބުން އައިފޯން ކެމެރާ އަށް ގެއްލުން ވެދާނެތީ އެކަމަށް ސަމާލުވެ މިކަން ދިމާނުވާނެ ގޮތް އެޕަލް އިން ކިޔައިދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައިކަލްގައި އައިފޯނު މައުންޓްކޮށްގެން ދުއްވާ ނަމަ ވައިބްރޭޝަންގެ ސަބަބުން އައިފޯން ކެމެރާ އަށް ގެއްލުން ވެދާނެތީ އެކަމަށް ސަމާލުވެ މިކަން ދިމާނުވާނެ ގޮތް އެޕަލް އިން ކިޔައިދީފި އެވެ.

އެ ކުންފުނިން ބުނީ މިކަމަށް އޮތް ހައްލަކީ ސައިކަލް މަތީގައި ބާއްވައިގެން ނުވަތަ ހަރުކޮށްގެން ފޯނު ގެންގުޅޭ ނަމަ އެކަމަށް ހާއްސަ "ވައިބްރޭޝަން-ޑޭމްޕިން މައުންޓް" ބޭނުންކުރުން ކަމަށެވެ. އެހެން ނޫން ނަމަ ފޯނުން ނަގާ ފޮޓޯ އާއި ވީޑިއޯގެ ފޯކަސް ގެއްލި، އެ ކޮލިޓީ ދަށްވުމުގެ މައްސަލަ ދިމާވާނެ އެވެ.

ރަނގަޅު މައުންޓެއްގައި ނޫން ގޮތަށް ސައިކަލްގައި ފޯނު ބޭނުންކުރާ ނަމަ ވައިބްރޭޝަންގެ ސަބަބުން ކެމެރާގެ އޮޕްޓިކަލް-އިމޭޖް ސްޓެބިލައިޒޭޝަނަށް ނުވަތަ އޮޓޯ ފޯކަސްގައި މައްސަލަ ޖެހި ކެމެރާ އެއްކޮށް ހަލާކު ވެސް ވެދާނެ އެވެ.

އެޕަލް އިން ބުނެފައިވާ ގޮތުގައި ސައިކަލްތަކުގެ ބާރު ގަދަ ވައިބްރޭޝަންގެ ސަބަބުން އައިފޯންގެ ގިނަ މޮޑެލްތަކުގެ ކެމެރާތަކަށް މައްސަލަ ދިމާވާކަން ފާހަގަކުރެވިފައިވެ އެވެ.