Roadha Mihaaru
މިސްރުގެ ކުރީގެ ދާޚިލީ ވަޒީރު ހަތް އަހަރަށް ޖަލަަށް

މިސްރުގެ ކުރީގެ ދާޚިލީ ވަޒީރު ހަތް އަހަރަށް ޖަލަަށް

16 އެޕްރީލް 2017

ގާހިރު (އެޕްރީލް 16) - ކޮރަޕްޝަނުގެ ކުށުގައި މިސްރުގެ ކުރީގެ ދާޚިލީ ވަޒީރު ހަބީބް އަލް އަދުލީ ހަތް އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރު (އެޕްރީލް 16) - ކޮރަޕްޝަނުގެ ކުށުގައި މިސްރުގެ ކުރީގެ ދާޚިލީ ވަޒީރު ހަބީބް އަލް އަދުލީ ހަތް އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމުގައި ދާޚިލީ ވަޒީރުކަން ކުރެއްވި އަދުލީގެ މައްޗަށް އިއްވި ހުުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު އޭނާ އަށް އޮންނާނެ އެވެ. އަދުލީގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި މިވަނީ ހުސްނީ މުބާރާތުގެ މައްޗަށް އިއްވާފައިވާ ހުރިހާ ހުކުމަކުން ސަލާމަތްވެ ބަންދުން ގެއަށް ބަދަލުކުރިތާ މަހެއް ވެސް ނުވަނީހެވެ. މުބާރަކު ކުށްވެރިވެފައި ވަނީ އޭނާގެ ވެރިކަން ވައްޓާލަން 2011 ވަނަ އަހަރު ކުރި މުޒާހަރާތަކުގައި މީހުން މަރަން އެންގެވި ކަމަށް ސާބިތުވުމުންނެވެ. މި މައްސަލާގައި އަދުލީ އާއި އޭރުގެ ޕޮލިސް ކޮމާންޑަރުން ވަނީ ސަލާމަތްވެފަ އެވެ.

ނަމަވެސް މިސްރުގެ ކޯޓަކުން ވަނީ އަދުލީ އާއި ދާޚިލީ ވުޒާރާގެ އިތުރު 10 މީހެއްގެ މައްޗަށް ދެ ބިލިއަން މިސްރު ޕައުންޑް (110 މިލިއަން ޑޮލަރު) ނެގިކަން ސާބިތުވެފަ އެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އަދުލީ ހުންނެވީ ގޭ ބަންދުގަ އެވެ.