25 އެޕްރީލް 2017
ކަސްރަތުކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ، ސިއްހަތަށް ވަރަށް ފައިދާ ލިބޭ ކަމެކެވެ. ނަމަވެސް ކަސްރަތުކުރުމުގައި ވެސް ވަކި ހައްދެއް އޮންނާނެ އެވެ.
ކަސްރަތުކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ، ސިއްހަތަށް ވަރަށް ފައިދާ ލިބޭ ކަމެކެވެ. ނަމަވެސް ކަސްރަތުކުރުމުގައި ވެސް ވަކި ހައްދެއް އޮންނާނެ އެވެ.
އެމެރިކާގެ ސެން ފްރެންސިސްކޯގެ މީހެއް ކަމަށްވާ އެރިންގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަނީ ކަސްރަތު ކުރުމަށެވެ. އޭނާ ދުވާލަކު އަށް ގަޑިއިރު ކަސްރަތު ކުރެ އެވެ. އަދި ރޭގަނޑު ނިދަނީ ދެތިން ގަޑިއިރު އެވެ. އެއީ ވެސް ރޭގަނޑު ގަޑީގައި ދުވެ ކަސްރަތު ކުރާނެ ވަގުތު ހޯދުމަށެވެ.
އެރިން ބުނާ ގޮތުގައި ކުޑައިރު ދިމާވެފައިވާ ހިތްދަތި ހަނދާންތަކަކުން ދުރުވާން ކަސްރަތު ވެފައި ވަނީ ބޮޑު އެހީއަކަށެވެ. އަދި އެންމެފަހުން ކަސްރަތަށް އެޑިކްޓްވީ އެވެ.
"އަހަރެންގެ ހަށިގަނޑު ފުނޑުފުނޑު ވެދާނެތީ މިހާރު އަހަރެން ބިރުގަނޭ،" އެރިން ބުންޏެވެ.
އެހެންކަމުން އެރިން ވަނީ ސައިކޯތެރަޕިސްޓެއް ކަމަށްވާ ޑރ. އެރިން ފޮސްޓާގެ އެހީތެރިކަން ހޯދާފަ އެވެ. ޑރ. ފޮސްޓާ ގަބޫލުކުރައްވާ ގޮތުގައި ކަސްރަތަށް ދެވި ހިފުމަށްވުރެ މާ ގިނަ ކަންތައްތަކެއް އެރިންއާ ވަނީ ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި އެރިންއަށް އެއްގޮތަކަށް ވެސް ނުކެވުން ނުވަތަ އީޓިން ޑިސްއޯޑާ ހިމެނެ އެވެ. ނަމަވެސް ކެއުމުގައި އޭނާއަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާ ކަމުގެ އިހްސާސެއް އެރިން އަކަށް ނުކުރެވެ އެވެ.
އޭނާ ބުނި ގޮތުގައި އުމުރުން 15 އަހަރުގައި އޭނާއަށް ނުކެވެން ފެށި އެވެ. ޑރ ފޮސްޓާ ވިދާޅުވަނީ އެރިން އަށް ކެއުން އުނދަގޫ ވުމަކީ ވެސް ހަގީގަތުގައި މައްސަލަ އެކެވެ.
އެރިން ބުނި ގޮތުގައި ދިރިއުޅުމުގެ ހުރިހާ ކަމަކަށް ފިލަން ވެގެން އޭނާ އަށް ދުވެވެނީ ކަމަށް ވެދާނެ އެވެ.
އެރިން އަށް ފަރުވާ ދެއްވި އަނެއް ޑޮކްޓަރަކީ ޖޯޖް ރޮޑްރިގޫޒް އެވެ. ނަމަވެސް އޭނާގެ ބަރުދަން ބަލާ ވަގުތު އައުމުން އެރިން ބުނީ ބަރުދަނުގައި ހުރި ވަރެއް އެނގެން ބޭނުން ނުވާ ކަމަށެވެ. ބަރުދަން ލުއިވުމުގެ އިތުރުން އެރިންގެ ލޭގެ ޕްރެޝަރު ނުރައްކާވާ ވަރަށް މަތިވުމަކީ ޑރ. ރޮޑްރިގޫޒްގެ އޮތް ކަންބޮޑުވުމެކެވެ.
މާގިނައިން ކަސްރަތުކުރުމުގެ ސަބަބުން އެރިންގެ ގައިގައިވާ މަސްތަކުގެ ބާރު ނެތިގެން ދާން ވަނީ ކައިރިވެފަ އެވެ. އޭނާގެ ވައިޓް ބްލަޑް ސެލްސް މަތިވެފައި ރެޑް ބްލަޑް ސެލްސް ހުރީ ހުންނަންޖެހޭ ވަރަކަށް ނޫނެނެވެ. އަދި އޭނާގެ ހިތް ވެސް ދުޅަވެފައި ހުރުން އެކަށީގެންވާ ކަމަށް ޑޮކްޓަރު ލަފާކުރައްވަ އެވެ.
ހަށިގަނޑުގައި ހުރި މައްސަލަތައް ދެނެގަތުމަށް ޓެސްޓްތައް ހަދަން އެރިން ގަބޫލުވުމުން ޑޮކްޓަރު ހުރީ އުފަލުންނެވެ. އެހެންނޫން ނަމަ ކުއްލިއަކަށް އިމަޖެންސީ ރޫމަށް އޭނާ ގެންދަން ޖެހުން އޮންނާނީ ވަރަށް ގާތުގައި ކަމަށް ޑޮކްޓަރު ލަފާކުރައްވަ އެވެ.
"އޭނާގެ ހަށިގަނޑުން ވަރަށް ބޮޑަށް ފެން މަދުވެފައި ވަނީ. އެވަރުން ވެސް އޭނާ ބުނަނީ ކަސްރަތު ނުކޮށްފިއްޔާ މާބޮޑަށް ބަލިވާހެން ހީވަނިއްޔޭ،" ޑރ. ރޮޑްރިގޫޒް ވިދާޅުވި އެވެ.
ނަމަވެސް އެރިން އަށް ޖެހިފައިވަނީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ފަރުވާކޮށްގެން އަމިއްލައަށް ރަނގަޅުވާން މަސައްކަތް ކުރާށެވެ. ނޫން ނަމަ އަމިއްލަ ހަށިގަނޑަށް ކެތް ކުރެވޭނީ ވަކި މިންވަރަކަށެވެ. އެއަށް ވުރެ ބާރު ބޮޑުވުމުން ފުރާނައަށް ނުރައްކާވާނެ އެވެ.
ފިޓްނެސް:ހަމައެއް ލަމައެއް ނެތް، އެ މީހަކާ އެ މީހެއް
ކެއުން ހުއްޓާލައިގެން ބަރުދަން ލުއި ނުކުރޭ
ކަސްރަތުކުރާ މީހުން ވިސްނާލަން ޖެހޭ މުހިއްމު ކަމެއް
ޕިކްސެލް ފޯނުން ހިތުގެ ވިންދު ބެލޭ ގޮތް ހަދައިފި
މާސްކް އަޅައިގެން ކަސްރަތުކުރުމަކީ މައްސަލައެއްތަ؟
ނަތީޖާ ނެރެވޭނެ ކަސްރަތާ ބެހޭ އާ ހޯދުމެއް
ނިދުމުގެ ހަތަރު ގަޑިއިރު ކުރިން ކަސްރަތުކޮށްލާ!
ޝިލްޕާއާ އެކު އިންޑިއާ އަށް އާ ރިކޯޑެއް
ވެލްނަސް ކްލަބުން ކްލާސްތަކުގެ ނިއު ރިލީސްތައް ނެރެނީ
"ދަ ވެލްނަސް ފްލޯ"ގެ ނަމުގައި އާ ކްލާހެއް