Roadha Mihaaru
ކަސްރަތުކުރާ މީހުން ވިސްނާލަން ޖެހޭ މުހިއްމު ކަމެއް

ކަސްރަތުކުރާ މީހުން ވިސްނާލަން ޖެހޭ މުހިއްމު ކަމެއް

09 އޮކްޓޯބަރ 2021

ޖިމަށް ގޮސް ކަސްރަތުކުރާ މީހުން އާންމުކޮށް ކަސްރަތަށް ތައްޔާރުވުމުގެ ކުރިން ބޭނުންކުރާ ސަޕްލިމަންޓްތައް ހިކިކޮށް ކާ މައްސަލަ ބޮޑުވަމުންދާތީ، އެއީ ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ސަމާލުވުމަށް ރިސާޗަރުންތަކެއް އިންޒާރު ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖިމަށް ގޮސް ކަސްރަތުކުރާ މީހުން އާންމުކޮށް ކަސްރަތަށް ތައްޔާރުވުމުގެ ކުރިން ބޭނުންކުރާ ސަޕްލިމަންޓްތައް ހިކިކޮށް ކާ މައްސަލަ ބޮޑުވަމުންދާތީ، އެއީ ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ސަމާލުވުމަށް ރިސާޗަރުންތަކެއް އިންޒާރު ދެއްވައިފި އެވެ.

މިކަން މިހާރު ވަކިން ބޮޑަށް ޒުވާނުންގެ މެދުގައި ޓްރެންޑަކަށް ވެފައިވާ އިރު، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި "ޑްރައި ސްކޫޕިން" ޕްރޮމޯޓްކުރާ މައްސަލަ ވެސް ޑޮކްޓަރުން ފާހަގަ ކޮށްފައިވެ އެވެ. އަދި އެފަދަ ކޮންޓެންޓްތަކަށް އެތައް މިލިއަނުން ލައިކްސް ލިބުމަކީ މިފަދަ ނުރައްކާތެރި ކަަމެއްގެ ތެރެއަށް އެތައް ބަޔަކު ވެއްޓިފައިވާ ކަމުގެ އިޝާރާތެއް ކަމަށް ވެސް ރިސާޗަރުން ވިދާޅުވި އެވެ.

ޕްރީ-ވޯކައުޓްގެ ކުރިން ބޭނުންކުރާ ސަޕްލިމަންޓް (އާންމުކޮށް ހިކިކޮށް ހުންނަ) އެއްޗިއްސަކީ ގިނަ އަދަދަކަށް އެމިނޯ އެސިޑާއި ވިޓަމިންތަކާއި ކެފެއިން ފަދަ އެތައް މާއްދާއެއް އެކުލެވޭ އެއްޗިއްސެވެ.

ސަޕްލިމަންޓްތައް ބޭނުންކުރަން ވާނީ އިރުޝާދު ދީފައިވާ ގޮތަށް.

ސަޕްލިމަންޓްތައް ބޭނުންކުރަން ވާނީ އިރުޝާދު ދީފައިވާ ގޮތަށް.

މިފަދަ ސަޕްލިމަންޓްތަކުގެ ބޭނުމަކީ ހަގީގަތުގައި ކަސްރަތަށް ތައްޔާރުުވުމުގެ ގޮތުން މީހާގެ ހަކަތަ އާއި ޖޯޝް އިތުރު ކުރުމެވެ. އަދި މިއީ ބޭނުން ކުރަން ޖެހޭ ވަރަށް ވުރެ އިތުރަށް ބޭނުންކޮށްފި ނަމަ ވެސް އެތައް ނުރައްކަލެއް އޮތް ކަމެކެވެ.

ނަމަވެސް ބޭނުން ކުރަން ދީފައި ހުންނަ އިރުޝާދުތަކާ މުޅިން ހިލާފަށް "ޑްރައި ސްކޫޕް" ކުރާތީ ރިސާޗަރުންނާއި ޑޮކްޓަރުން ވިދާޅު ވަނީ މިއީ ސިއްހީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާނެ ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވުމާއި ހިތުގެ ވިންދުން ކޮންޓްރޯލުން ނެއްޓި ހިތުގެ ހިނގުމަށް އެތައް މައްސަލައެއް ދިމާވުމާއި ފުއްޕާމެއަށް އަސަރުކޮށް ނޭވާލާން ދަތިވުމާއި އިންފެކްޝަނާއި ނިއުމޯނިއާ ފަދަ އެތައް ކަމެކެވެ.

ސަޕްލިމަންޓްތައް ބޭނުންކުރަން ވާނީ އިރުޝާދު ދީފައިވާ ގޮތަށް.

ސަޕްލިމަންޓްތައް ބޭނުންކުރަން ވާނީ އިރުޝާދު ދީފައިވާ ގޮތަށް.

މިކަމާ ބެހޭ ގޮތުން އެމެރިކާގެ ނިއު ޔޯކްގެ ކޮއެން ޗިލްޑްރެންސް މެޑިކަލް ސެންޓަރުގެ ރިސާޗަރުންތަކެއް ވިދާޅުވީ "ޑްރައި ސްކޫޕިން" އަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށެވެ.

"މިސާލަކަށް އެފަދަ ގޮތަކަށް ސަޕްލިމަންޓެއް ނަގައިފި ނަމަ ހަށިގަނޑަށް އެ ދެވެނީ ގާތްގަނޑަކަށް ފަސް ތަށި ކޮފީގައި ހުންނަހާ ވަރުގެ ކެފެއިން،" ރިސާޗަރުން ވިދާޅުވި އެވެ. "އެހެންވީމާ އޭގެ ސަބަބުން ވަރަށް ގިނަ ސިއްހީ މައްސަލަތައް ކުރިމަތިވާނެ."

ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ މި ޒަމާނުގައި މިފަދަ ނުރަނގަޅު އެތައް އާދައެއްގެ ތެރެއަށް ގިނަ ބަޔަކު ވެއްޓެ އެވެ. އެހެންވެ، މިފަދަ އާދަކޮށް ފާރަވެރިވެ، އަދި އެފަދަ ކަންކަން ޕްރޮމޯޓް ނުކުރަން ވެސް ޑޮކްޓަރުންނާއި ރިސާޗަރުން އިލްތިމާސް ކުރައްވާފައިވެ އެވެ.