26 އެޕްރީލް 2017
އިސްތަންބޫލް (އެޕްރީލް 26) - މިދިޔަ އަހަރު ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅުންހުރި ކަމަށް ބަލާ 1،000 އަށް ވުރެ ގިނަ މީހުން ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
އިސްތަންބޫލް (އެޕްރީލް 26) - މިދިޔަ އަހަރު ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅުންހުރި ކަމަށް ބަލާ 1،000 އަށް ވުރެ ގިނަ މީހުން ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ދާޚިލީ ވަޒީރު ސުލޭމާން ސޮއިލޫ ވިދާޅުވީ 72 ޕްރޮވިންސަކުން ވަރަށް ފިނޑި 1،009 "އިމާމުން" ހައްޔަރުކޮށްފައިވާ ކަމަށެވެ.
ތުރުކީގެ 81 ޕްރޮވިންސުން 3،224 މީހުން ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުން ވަނީ ފަށައިފަ އެވެ. އަދި އިތުރު 2،200 މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުލުހުންގެ އޮޕަރޭޝަން ފެށުމުގެ ކުރިން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ސިފައިންނާއި ފުލުހުންނާއި ޝަރުއީ ނިޒާމުގެ ތެރެއިން "ގުލަން ހަރަކާތް" ސާފުކޮށްލާނެ ކަމަށެވެ. އަދި އެއް ދަައުލަތެއްގެ ތެރޭގައި އިތުރު ދައުލަތެއް ނުހިންގޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަމިއްލަ އަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލަންއާ ގުޅުން އޮންނަ ހަރަކާތެއް ތުރުކީގައި އޮވެ އެވެ. ބަޣާވާތް ގެންނަން އުޅުނީ ގުލަންގެ ރޭވުމަކުން ކަމަށް ރައީސް އުރުދުޣާން ތުހުމަތުކޮށްފައިވެ އެވެ.
މީހުން ހައްޔަރު ކުރުމުގެ އާ އޮޕަރޭޝަނެއް މިއަދު ފެށުމުގެ ކުރިން ތުރުކީން ވަނީ ބަޣާވާތާ ގުޅިގެން 47،000 މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 10،700 ފުލުހުންނާއި 7،400 ސިފައިން ހިމެނެ އެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.
ތުރުކީގެ ރައީސް އަށް އާދަޔާޚިލާފު ބާރުތައް ލިބޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުން މި މަހު ކުރީކޮޅު ވަނީ ރުހުން ދީފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ހަނި އަޣުލަބިއްޔަތުން އެ ވޯޓު ސަރުކާރުން ކާމިޔާބު ކުރީ ވަރަށް ބޮޑަށް އޮޅުވާލައި، މަކަރު ހަދައިގެން ކަމަށެވެ.
ބަޣާވާތް ނާކާމިބުކޮށްލުމުގެ ހަނދާން ތުރުކީން އާކުރަނީ
ތުރުކީ ބަޣާވާތުގެ އިސް އޮފިސަރުން އުމުރަށް ޖަލަށް
ތުރުކީގައި ބަޣާވާތްކުރި 300 މީހުން އުމުރަށް ޖަލަށް
ބަޣާވާތާ ގުޅޭ ބޮޑު ޝަރީއަތަށް 500 މީހުން ކޯޓަށް
ބަޣާވާތުގެ ދުވަހު ތުރުކީ އަކީ ގައުމެއްކަން ދައްކާލި
ތުރުކީ ފުލުހުންގެ 9000 އޮފިސަރުން ސަސްޕެންޑްކޮށްފި
ބަޣާވާތާ ގުޅިގެން ތުރުކީގެ 29 ފުލުހަކަށް ދައުވާކޮށްފި
ބަޣާވާތާ ގުޅިގެން ގުލަންގެ ކޮއްކޮއެއް ހައްޔަރުކޮށްފި
ބަޣާވާތުގެ ބައިވެރިން އިންސާފަށް ގެންނާނަން: އޮބާމާ
ބަޣާވާތުގެ ކުރިން ބަންދުކުރި މީހުން މިނިވަން ކުރަނީ