02 އޯގަސްޓް 2017
އަންކާރާ (އޮގަސްޓް 2) - ތުރުކީ އަށް މިދިޔަ އަހަރު ގެންނަން އުޅުނު އަސްކަރީ ބަޣާވާތުގައި އެންމެ އިސްކޮށް ތިބި ކަމަށް ބެލެވޭ މީހުންގެ ޝަރީއަތް އެ ކަމަށް ޚާއްސަކޮށްގެން ހެދި ކޯޓުތަކުގައި ފަށައިފި އެވެ.
އަންކާރާ (އޮގަސްޓް 2) - ތުރުކީ އަށް މިދިޔަ އަހަރު ގެންނަން އުޅުނު އަސްކަރީ ބަޣާވާތުގައި އެންމެ އިސްކޮށް ތިބި ކަމަށް ބެލެވޭ މީހުންގެ ޝަރީއަތް އެ ކަމަށް ޚާއްސަކޮށްގެން ހެދި ކޯޓުތަކުގައި ފަށައިފި އެވެ.
ތުރުކީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ކުށުގައި އިއްޔެ ކޯޓަށް ހާޒިރުކުރި 500 މީހުން ވެސް ތިބީ ބިޑިއަޅުވައިފަ އެވެ. ކޮންމެ މީހަކާ އެކު ސެކިއުރިޓީ ދެ އޮފިޝަލުން ތިއްބެވެ. އޭގެ އިތުރުން ސިފައިން ހަތިޔާރާ އެކު ފޯރިމަރަމުން ދިޔަ އެވެ.
ޝަރީއަތް ކުރިއަށް ގެންދަނީ އަކިންސީ ވައިގެ މަރުކަޒުގައި ހެދި ޚާއްސަ ކޯޓުތަކެއްގަ އެވެ. އަންކަރާ އިން ބޭރުގައި ހުންނަ މި މަރުކަޒަކީ ބަޣާވާތް ކުރަން އުޅުނު މީހުންގެ މައި މަރުކަޒެވެ. ބަޣާވާތް ކުރި ރޭ ތުރުކީ ސިފައިންގެ ވެރިޔާ ޖެނެރަލް ހުލުސީ އަކާރާއި އެހެން ސީނިއާ އޮފިޝަލުން ވެސް މި މަރުކަޒުގައި އެތައް އިރެއް ވަންދެން ރަހީނުކޮށްފައި ބޭތިއްބި އެވެ.
ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގައި ބައިވެރިވި މީހުން ސަލާމަތީ ފިޔަވަޅުތަކާ އެކު ކޯޓަށް ހާޒިރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
ބަޣާވާތް ކުރަން އުޅުނު މީހުންގެ މައްޗަށް ވަނީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަވަހާރަކޮށްލަން އުޅުމުގެ ދައުވާ އުފުލައިފަ އެވެ. މިއީ ބަޣާވާތާ ގުޅިގެން ކުރިއަށް ގެންދާ އެންމެ ބޮޑު ޝަރީއަތެވެ. ކުށް ސާބިތުވާ މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. ތުރުކީގައި 2004 ވަނަ އަހަރު ވަނީ މަރުގެ އަދަބު ދިނުން އުވާލައިފަ އެވެ. ނަމަވެސް ރައީސް އުރުދުޣާން ވަނީ މަރުގެ އަދަބު އަލުން ދިނުމާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ބަޣާވަތަށް ފަހު ތުރުކީގައި މަރުގެ އަދަބު ދިނުން އަލުން ފަށަން އެ ގައުމުގެ ގިނަ ބަޔަކު ތާއީދު ކުރެ އެވެ. އެކަމަކު އީޔޫ އިން ބުނެފައި ވަނީ ތުރުކީގައި މަރުގެ އަދަބު ދޭން ފަށައިފި ނަމަ އެ ގައުމު އެ ޖަމާއަތުގައި ބައިވެރިވާން ކުރާ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވަތުގައި އާއްމުންގެ 249 މީހުން މަރުވެފައިވެ އެވެ.
ބަޣާވާތަށް ފަހު ފިލަން ދިޔަ މީހުންގެ ޝަރީއަތް ފަށައިފި
ބަޣާވާތް ނާކާމިބުކޮށްލުމުގެ ހަނދާން ތުރުކީން އާކުރަނީ
ތުރުކީ ބަޣާވާތުގެ އިސް އޮފިސަރުން އުމުރަށް ޖަލަށް
ތުރުކީގައި ބަޣާވާތްކުރި 300 މީހުން އުމުރަށް ޖަލަށް
ބަޣާވާތުގެ ދުވަހު ތުރުކީ އަކީ ގައުމެއްކަން ދައްކާލި
ތުރުކީ ފުލުހުންގެ 9000 އޮފިސަރުން ސަސްޕެންޑްކޮށްފި
ބަޣާވާތާ ގުޅުން ހުރި މީހުން އަދިވެސް ހައްޔަރުކުރަނީ
ބަޣާވާތާ ގުޅިގެން ތުރުކީގެ 29 ފުލުހަކަށް ދައުވާކޮށްފި
ބަޣާވާތާ ގުޅިގެން ގުލަންގެ ކޮއްކޮއެއް ހައްޔަރުކޮށްފި
ބަޣާވާތުގެ ބައިވެރިން އިންސާފަށް ގެންނާނަން: އޮބާމާ