Roadha Mihaaru
ތުލުސްދޫގައި ފުޓްބޯޅަ ކުޅެނިކޮށް ޒުވާނަކު މަރުވެއްޖެ

ތުލުސްދޫގައި ފުޓްބޯޅަ ކުޅެނިކޮށް ޒުވާނަކު މަރުވެއްޖެ

29 އެޕްރީލް 2017

ކ. ތުލުސްދޫގައި މިއަދު ހަވީރު ފުޓްބޯޅަ ކުޅެން އުޅުނު ޒުވާނަކު ދަނޑުމަތީގައި މަރުވެއްޖެ އެވެ.

ކ. ތުލުސްދޫގައި މިއަދު ހަވީރު ފުޓްބޯޅަ ކުޅެން އުޅުނު ޒުވާނަކު ދަނޑުމަތީގައި މަރުވެއްޖެ އެވެ.

އުމުރުން 25 ހަކަށް އަހަރުގެ ހުސައިން މާހިން މަރުވިކަން އެނގުނީ ކުޅެން ހުރެފައި ކޮށި އަރައިގެން އިށީނދެ އިނުމަށް ފަހު ބިންމައްޗަށް ވެއްޓުމުން ގޮސް ބެލި އިރު އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި ހުސައިން ކޮށި އެރީ ދުފައިގެން ހުރެ ކުޅެނިކޮށެވެ.

"ކުޅެން ތިބި މީހުންނަށް އެނގޭ އޭނާ ކޮށި އެރިކަން. އެކަމަކު އޭނާ އިށީނދެފައި ނުތެދުވެ އިނދެ ވެއްޓުމުން ގޮސް ބެލި އިރު އޮތީ އަނގައިން ފޮނުތައް ވެސް އައިސް،" ތުލުސްދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހަވީރު 6:00 ހާއިރު މިކަން ހިނގުމާ އެކު ހުސެން ސިއްހީ މަރުކަޒަށް ގެންދިޔައީ ސައިކަލެއްގަ އެވެ. އެތަނަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ވަނީ އެނގިފަ އެވެ.

ހުސެއިންގެ ޖަނާޒާ މިރޭ 11:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.