ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅުނު ޓޫރިސްޓެއްގެ ގައިގައި އެ ސަރަހައްދުން ދުއްވާފައި ދިޔަ ޑިނގީއަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި ޑިންގީގެ ކައްޕި ހައްޔަރުކޮށްފި އެވެ.
02 ފެބުރުއަރީ 2023
ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅުނު ޓޫރިސްޓެއްގެ ގައިގައި އެ ސަރަހައްދުން ދުއްވާފައި ދިޔަ ޑިނގީއަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި ޑިންގީގެ ކައްޕި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ޑިންގީ ދުއްވަން އިން އުމުރުން 45 އަހަރުގެ މީހާ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ގޭ ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޑިންގީ ދުއްވި މީހާއަކީ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ އަނބިމީހާއާ އެކު، ރާއްޖެ އަށް ޗުއްޓީ އަށް އައިސް އުޅުނު ސްޕެއިންގެ މީހެކެވެ. އޭނާ މަރުވީ ކުޑަވިލިނގިލި ކައިރިން ކަނޑުއޮޅި އަށް މޫދަށް އެރި އުޅެނިކޮށް އޭނާގެ ގައިގެ މަތިން ޑިންގީ ދުއްވާފައި ދިއުމުންނެވެ.
މި އެކްސިޑެންޓްގައި އެ މީހާގެ އެއް އަތް ބުރިވެ، ކަރާއި ބަނޑު ކަފައިގެން ގޮސްފައި ވާއިރު ގޮހޮރު ވެސް އޮތީ ނުކުމެފަ އެވެ. އެ މީހާގެ ފައި ވެސް އޮތީ ވަރަށް ބޮަޑަށް ކަފައިގެން ގޮސްފަ އެވެ.
މޫދުގައިއޮތް ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރު
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި
ފީނަން ގޮސް ހާލުދެރަވި ޓޫރިސްޓަކު މަރުވެއްޖެ
ތުލުސްދޫގައި ފުޓްބޯޅަ ކުޅެނިކޮށް ޒުވާނަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
ލަންކާގައި ދެ ޓޫރިސްޓަކު ވިހަވެގެން މަރުވެއްޖެ
އަނިޔާވި މީހާގެ ބޯމަތިން ސައިކަލެއް ދިޔަ ވީޑިއޯއެއް
އުކުޅަހުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ