Roadha Mihaaru
އޮޒާރޯ އިން ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް

އޮޒާރޯއިން ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

30 އެޕްރީލް 2017

ފަރުނީޗަރުގެ ވިޔަފާރީގައި މަޝްހޫރުވަމުން އަންނަ އޮޒާރޯ އިން ރޯދަ މަހަށް ހާއްސަކޮށްގެން ޖޫންގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ފަރުނީޗަރުގެ ވިޔަފާރީގައި މަޝްހޫރުވަމުން އަންނަ އޮޒާރޯ އިން ރޯދަ މަހަށް ހާއްސަކޮށްގެން ޖޫންގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފެންވަރު ރަނގަޅު ފަރުނީޗަރު އަގުހެޔޮކޮށް ވިއްކަމުން އަންނަ އޮޒާރޯ އިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި 10-35 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި 2،000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރެ އެވެ. އެ ކޫޕަންތަކުގެ ގުރު ނެގުން ކޮންމެ 10 ދުވަހަކުން އޮވެ އެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރިިޔާ އަށް އިނާމު ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން ދޭ އިނާމުތަކުގެ ތެރޭގައި ބެޑްރޫމް ފަރުނީޗަރުގެ ތެރެއިން ކޮންމެވެސް އެއް އައިޓަމެއް ހިލޭ ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ފޫޓުގެ އެނދު، އަލަމާރި، ޑްރެސިންގް ޓޭބަލް، އަދި ނައިޓް ޓޭބަލް އެވެ.

ރޯދަމަހަށް ހާއްސަކޮށްގެން އޮޒާރޯއިން ވަނީ ފަރުނީޗަރު ސްޓޮކެއް ގެނެސްފަ އެވެ. އެގޮތުން ކިންގް ސައިޒް، ކުއީން ސައިޒް، ސުޕާ ސިންގަލް، އަދި ސިންގަލް ސައިޒްގެ އެނދު ހިމެނޭ ބެޑްރޫމް ސެޓްތައް ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ބަދިގޭ ފަރުނީޗަރާއި އެކި ވައްތަރުގެ މޭޒާއި ގޮނޑި، އަދި އެތައް ބާވަތެއްގެ ސޯފާ ސެޓު ވެސް ލިބެން ހުންނާނެ ކަމަށް އޮޒާރޯއިން ބުންޏެވެ.