Roadha Mihaaru

ޓެޕްކޮން ރޯދަ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާއަށް 5،000ރ ދީފި

ޓެޕްކޮން ހާޑްވެއާ އިން ރޯދަ މަހަށް ހާއްސަކޮށް ހިންގަމުންދާ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއަށް 5،000ރ ގެ އިނާމެއް ރޭ ދީފިއެވެ.

ޓެޕްކޮން ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާއަށް 5،000ރ
ޖާދުﷲ ތައުފީގް
ޖާދުﷲ ތައުފީގް

01 މެއި 2017

ޓެޕްކޮން ހާޑްވެއާ އިން ރޯދަ މަހަށް ހާއްސަކޮށް ހިންގަމުންދާ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއަށް 5،000ރ ގެ އިނާމެއް ރޭ ދީފިއެވެ.

ޕްރޮމޯޝަންގެ ބައިވެރިން މެދުގައި ގުރު ނަގައިގެން މިދިޔަ ހުކުރުވިލޭރޭ ހޮވި ނަސީބުވެރިއަކީ އިބްރާހީމް ރިޔާޒް އެވެ. އޭނާއަށް ފައިސާގެ އިނާމު ހަވާލުކޮށްދިނީ ޓެޕްކޮންގެ އެސިސްޓަންޓް ޑިރެކްޓާ ނިއަމް އަލީ އެވެ.

ޓެޕްކޮންގެ ޕްރޮމޯޝަނުގައި ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ނަސީބުވެރިން ހޮވާ ރަސްމިއްޔާތު ފޭސްބުކްގައި ލައިވް ކުރާނެއެވެ. ---- މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޓެޕްކޮންގެ ޕްރޮމޯޝަނުގައި ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ނަސީބުވެރިން ހޮވާ ރަސްމިއްޔާތު ފޭސްބުކްގައި ލައިވް ކުރާނެއެވެ. ---- މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ސާމާނު ވިއްކާ ޓެޕްކޮންގެ ފިހާރަތަކުން މި ޕްރޮމޯޝަންގެ ތެރޭ 1،000 ރުފިޔާ އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަަށް ކޫޕަނެއް ލިބޭނެ އެވެ. އަންނަ މޭ 27 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއެއްގެ ބުރާސްފަތިދުވަހުގެ ރޭ ގުރު ނަގާނެ އެވެ.

ޕްރޮމޯޝަންގެ ގުރު ނެގުން ފޭސްބުކް ލައިވް ކުރާއިރު، ކޫޕަންގައި ފާހަގަކޮށްފައިވާ ކިއުއާރް ކޯޑް މޯބައިލް ފޯނުން ސްކޭން ކުރުމުން އެ ވެބްކާސްޓް ފެންނާނެ ކަމަށް ޓެޕްކޮންއިން ބުންޏެވެ.