ޕެރިސް (މެއި 1) - އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ޓީމުގައި ހުުރުމުގެ ފައިދާ ބޮޑު ކަމަށް އޭނާ މިހާރު ކުޅެމުން އަންނަ ފްރާންސްގެ ކްލަބް ނީސްގެ ކޯޗު ލޫޗިއެން ފަވްރޭ ބުނެފި އެވެ.
01 މެއި 2017
ޕެރިސް (މެއި 1) - އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ޓީމުގައި ހުުރުމުގެ ފައިދާ ބޮޑު ކަމަށް އޭނާ މިހާރު ކުޅެމުން އަންނަ ފްރާންސްގެ ކްލަބް ނީސްގެ ކޯޗު ލޫޗިއެން ފަވްރޭ ބުނެފި އެވެ.
ފްރާންސް ލީގުގައި ރޭ ނީސް އިން ވަނީ 3-1 އިން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފަ އެވެ. މި މެޗުގައި ނީސް އަށް ލީޑު ނަގައިދިނީ ބަލޮޓެލީ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ރިކާޑޯ ފެރޭރާ އާއި އަނަސްޓޯސިއޮސް ޑޮނިސް އެވެ. ޕީއެސްޖީގެ ހަމައެކަނި ލަނޑު ޖެހީ މާކުއީނިއޯސް އެވެ. ރޭގެ މެޗު ޕީއެސްޖީން ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. މެޗުގެ އިތުރު ވަގުތުގައި ތިއާގޯ މޮޓާ އާއި އެންހެލް ޑި މާރިއާ އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ.
މި ބައްޔާ އެކު ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް މޮނާކޯއާ ހަމަކުރަން ޕީއެސްޖީ އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. މޮނާކޯ އެއް ވަނައިގައި އޮތީ 34 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ. ޕީއެސްޖީ އަށް 35 މެޗުން ލިބިފައިވަނީ 80 ޕޮއިންޓެވެ. ނީސް ތިން ވަނައިގައި އޮތީ 35 މެޗުން 77 ޕޮއިންޓް ހަމަކޮށްގެންނެވެ.
ސީޒަނުގައި މިހާތަނަށް ބަލޮޓެލީ ވަނީ ކުޅުނު 21 މެޗުން 14 ލަނޑު ޖަހައިފަ އެވެ. ސަސްޕެންޝަނުގެ ސަބަބުން ލީގުގެ 7 މެޗު ބަލޮޓެލީ އަށް ގެއްލުނު ނަމަވެސް ފަވްރޭ ބުނީ ބަލޮޓެލީ ހުރުމަކީ ޓީމަށް ދެ ގޮތަކަށް ފައިދާ ނެގޭ ކަމަށް ކަމަށެވެ.
"ބަލޮޓެލީގެ ހުނަރާ މެދު ސުވާލު އުފެއްދެން ނެތް. އޭނާ ކޮންމެ ޓީމެއްގައި ވެސް ތަފާތު ދައްކާނެ. އެއީ އޭނާ ހުރުމުގެ އެއް ފައިދާ. އަނެއް ފައިދާ އަކީ އިދިކޮޅު ޓީމުން އޭނާ ރުޅި އަރުވާލަން މަސައްކަތް ކޮށްގެން އެ ޓީމަށް ގިނަ ފަހަރު ލަނޑު ލިބެނީ. މިއީ އެއް ގޮތަކުން ރިސްކު ވެސް ބޮޑު ކަމެއް،" ފަވްރޭ ބުންޏެވެ.
ހިލޭ ޓްރާންސްފާއެއްގެ ދަށުން ލިވަޕޫލް ދޫކޮށް ބަލޮޓެލީ ނީސް އަށް ބަދަލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ފަވްރޭ ބުނީ ބަލޮޓެލީގެ އެއްބަސްވުން އާ ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ސީޒަން ނިމުމުން ކަމަށެވެ.
ޕީއެސްޖީ އާއި ނީސް މޮޅުވުމުން މޮނާކޯ އަށް ޕްރެޝަރު
ނީސް އަތުން ކަވާނީ ޕީއެސްޖީ ސަލާމަތްކޮށްދީފި
ބަލޮޓެލީގެ އެހީއާ އެކު ނީސް އެއް ވަނައިގައި
ބަލޮޓެލީގެ ލަނޑުން ނީސް އެއް ވަނަ އަށް
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު
އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!
ލިޔޯންގެ ބަހަށް ގާއުކައި ކޯޗު ޒަހަމްކޮށްލައިފި
އެމްބާޕޭގެ ގޯލުތަކާ އެކު ވެސް ޕީއެސްޖީ ބަލިވެއްޖެ
ޕީއެސްޖީ އަށް ސީޒަނުގައި ފުރަތަމަ މޮޅު