ނީސް، ފްރާންސް (އޮކްޓޯބަރު 31) - މާރިއޯ ބަލޮޓެލީގެ ލަނޑާ އެކު ނަންޓެސް އަތުން 4-1 އިން މޮޅުވެ ފްރާންސް ލީގުގެ އެއް ވަނައިގައި ނީސް އިން ހަމަޖެހިލައިފި އެވެ.
31 އޮކްޓޯބަރ 2016
ނީސް، ފްރާންސް (އޮކްޓޯބަރު 31) - މާރިއޯ ބަލޮޓެލީގެ ލަނޑާ އެކު ނަންޓެސް އަތުން 4-1 އިން މޮޅުވެ ފްރާންސް ލީގުގެ އެއް ވަނައިގައި ނީސް އިން ހަމަޖެހިލައިފި އެވެ.
ލިވަޕޫލުން ދޫކޮށްލުމުން ނީސްއާ ގުޅުނު އިޓަލީ ފޯވާޑް ބަލޮޓެލީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ 11 މެޗުން ހަ ގޯލް ޖަހައިފަ އެވެ. މިއީ 2012/2013 ގެ ސީޒަނަށް ފަހު ބަލޮޓެލީ އެންމެ ގިނައިން ލަނޑު ޖަހާފައިވާ ސީޒަނެވެ. މިދިޔަ ދެ ސީޒަން ލިވަޕޫލަށް ކުޅުނުއިރު އަދި ލޯނެއްގެ ދަށުން މިދިޔަ ސީޒަން މިލާނަށް ކުޅުނުއިރު އޭނާ އަށް ޖެހުނީ ޖުމްލަ ދެ ގޯލެވެ.
ވީލަން ސައިޕްރިއެންގެ ލަނޑުން ނީސް އިން ލީޑު ނަގާފައިވަނިކޮށް ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަލޮޓެލީ އެވެ. އޭގެ ފަހުން ނަންޓެސް ވަނީ އެމިލިއާނޯ ސަލާގެ ގޯލުން ތަފާތު ކުޑަކޮށްފަ އެވެ. ނީސްގެ އަނެއް ދެ ލަނޑު ޖެހީ އަލަސާނޭ ޕްލީ އަދި ސައިޕްރިއެން އެވެ.
މި މޮޅާ އެކު ލީގުގެ އެއް ވަނައިގައި ނީސް އޮތީ 29 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 23 ޕޮއިންޓާ އެކު މޮނާކޯ އޮތްއިރު ޗެމްޕިއަން ޕީއެސްޖީ އޮތީ 23 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ.
ފްރާންސް ލީގުގެ ޗެމްޕިއަންކަން އެންމެ ފަހުން 1959 ވަނަ އަހަރު ހޯދި ނީސް އަންނަނީ އާ ކޯޗު ލުސިއެން ފާވޭއާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.
ބަލޮޓެލީގެ ފައިދާ ޓީމަށް ބޮޑު: ނީސް ކޯޗު
ބަލޮޓެލީގެ ލަނޑުން ނީސް އެއް ވަނަ އަށް
ސަޕޯޓަރުންގެ ހަމަނުޖެހުމާހެދި މާސޭއިން މެޗުކުޅެން ދެކޮޅު
ބަލޮޓެލީ އަށް ދެއްކި ކާޑު އިންސާފުވެރިއެއް ނޫން
ޕީއެސްޖީ އާއި ނީސް މޮޅުވުމުން މޮނާކޯ އަށް ޕްރެޝަރު
ނީސް އަތުން ކަވާނީ ޕީއެސްޖީ ސަލާމަތްކޮށްދީފި
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް
ބަލޮޓެލީ އެނބުރި އިޓާލިއަން ލީގަށް
ކުޅުންތެރިޔަކު އެންޓި-ހޯމޯފޯބިއާ ލޯގޯ ފޮރުވުމުން އަދަބު
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު