18 ޖޫން 2016
ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމާލޭގައި ބެޗް ކޮންސްޓްރަކްޝަނުން ހަދާ އެޕާޓްމަންޓްތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމާލޭގައި ބެޗް ކޮންސްޓްރަކްޝަނުން ހަދާ އެޕާޓްމަންޓްތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރާއްޖޭގެ މަޝްހޫރު އެއް ކޮންސްޓްރަކްޝަން ކުންފުނިން ހުޅުމާލޭގެ ފިތުރޯނުމަގުގައި ދިހަ ބުރިއަށް ހަދާ "މެރީނާ ވިއު"ގެ އެޕާޓްމަންޓްތައް ތަރައްގީކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ އަހަރުގެ ތެރޭގައި މުޅި އިމާރާތުގެ މަސައްކަތް ނިންމަން އެ ކުންފުނިން ބޭނުންވެ އެވެ.
ހޮޓެލް ޖެންގައި މިއަދު މެންދުރު ބޭއްވި ހާއްސަ ހަފުލާއެއްގައި ބެޗް ކޮންސްޓްރަކްޝަނުން ވަނީ "މެރީނާ ވިއު" ރަަސްމީކޮށް އިފްތިތާހުކޮށްފަ އެވެ. އެ ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.
ހުޅުމާލޭގެ މެރީނާ ވިއު އިފްތިތާހުކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ބެޗްގެ މެނޭޖިން ޑިރެކްޓަަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
ބެޗްގެ މެނޭޖިން ޑިރެކްޓަަރު މުހައްމަދު ސައީދު "މިހާރު" އާ ވާހަކަދައްކަވަމުން ވިދާޅުވީ މެރީނާ ވިއުގެ އެޕާޓްމަންޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދިނުމާއި ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށެވެ. އަދި އެޕާޓްމަންޓް ވިއްކަން ފަށާނީ އެޗްޑީސީން ހަމަޖައްސާފައިވާ އުސޫލްތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ފެރީ ޓާމިނަލުން ފަސް މިނެޓުން ހިނގާފައި ދެވޭ ހިސާބުގައި ހަދާ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ އެއް މިލިއަން ރުފިޔާއިން ފެށިގެން 4.5 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.
"މިތަނުގައި ހަދާ އެޕާޓްމަންޓްތަކުގެ ތެރެއިން އެންމެ އަގުބޮޑުކޮށް ވިއްކުމަށް ހަމަޖެހިފައި ވަނީ ޕެންޓް ހައުސްގެ އެޕާޓްމަންޓްތަކާއި މޫދު ފެންނަ އެޕާޓްމަންޓްތައް. ވަރަށް ހިތްގައިމު އަދި މަތީ ފެންވަރުގެ އެޕާޓްމަންޓްތަކަކަށް އެތަންތަން ވާނެ،" ސައީދު ވިދާޅުވި އެވެ.
މިތަނުގައި ހަދާ އެޕާޓްމަންޓްތަކުގެ ތެރެއިން އެންމެ އަގުބޮޑުކޮށް ވިއްކުމަށް ހަމަޖެހިފައި ވަނީ ޕެންޓް ހައުސްގެ އެޕާޓްމަންޓްތަކާއި މޫދު ފެންނަ އެޕާޓްމަންޓްތައް. ވަރަށް ހިތްގައިމު އަދި މަތީ ފެންވަރުގެ އެޕާޓްމަންޓްތަކަކަށް އެތަންތަން ވާނެ، ސައީދު
މެރީނާ ވިއުގައި ތަރައްގީކުރަނީ އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަކާއި ތިން ކޮޓަރި އަދި މެއިޑްރޫމެއް ހިމެނޭ ޖުމްލަ 69 އެޕާޓްމަންޓެވެ. މިތަނުގެ އެޕާޓްމަންޓްތަކުގެ ބޮޑު މިން އުޅެނީ 893 އަކަފޫޓުން ފެށިގެން 1،467 އަކަފުޓާ ދެމެދުގަ އެވެ.
ސައީދު ވިދާޅުވީ އެތަނުގައި ހަދާ އެޕާޓްމަންޓްތަކުގެ ތެރެއިން 60 ޕަސެންޓް އެޕާޓްމަންޓް ވިއްކަން ޖެހެނީ އަކަފޫޓެއް 2،400ރ.ގެ ރޭޓުން ކަމަށެވެ. އަދި ބާކީ 40 ޕަސެންޓް ވިއްކަނީ އެ ކުންފުނިން ކަނޑައަޅާ ރޭޓެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އެތަނުގެ ފުރަތަމަ ދެ ފްލޯގައި ހުންނަ ފިހާރަތައް ހަވާލުކުރަން ހަމަޖެހިފައި ވަނީ އެޗްޑީސީއާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ހުޅުމާލޭގެ މެރީނާ ވިއު އިފްތިތާހުކުރަން މިއަދު ބޭއްވި ހަފުލާގެ ތެރެއިން. ފޮޓޯ: ނިޝާން އަލީ /މިހާރު
"ހުރިހާ އެޕާޓްމަންޓްތައް ވެސް ވިއްކާނީ އަޅުގަނޑުމެން. އަދި އެ އެޕާޓްމަންޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީއެފްސީ މެދުވެރިކޮށް ފައިނޭންސް ލިބޭނެ ގޮތް ހަމަޖެހިފައިވާނެ،" އޭނާ ވިދާޅުވި އެވެ.
ބެޗްއިން ބުނީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ކާރު އަދި ސައިކަލް ޕާކިން ފްލޯތަކެއް ވެސް ހުންނާނެ ކަމަށެވެ.
ހަ ވައްތަރުގެ އެޕާޓްމަންޓްތައް ހިމެނޭ ގޮތަށް ތަރައްގީކުރާ މެރީނާ ވިއުގެ ފުރަތަމަ ދެ ފްލޯގައި ހިމެނެނީ ޝޮޕިން އޭރިއާ އެވެ. އަދި ދެވަނަ ފްލޯއިން ފެށިގެން އަށް ވަނަ ފްލޯއާ ހަމަޔަށް ހިމެނެނީ އެޕާޓްމަންޓްތަކެވެ. އަދި އޭގެ އިތުރުން ދެން ހުންނަނީ ޕެންޓް ހައުސް އެޕާޓްމަންޓްތަކެވެ. އެތަނުގައި ހަދާ އެޕާޓްމަންޓްތައް ހުންނަނީ ސިޓީ ވިއު އަދި ސީވިއު ފެންނަ ގޮތަށެވެ.
25 ބުރީގެ 16 ޓަވަރުގެ ބޮޑު ބައި މިއަހަރު ނިމޭނެ
ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ބޮޑު މަންޒަރު!
ހުދު ފަސްގަނޑެއް ނޫން، ތަރައްގީގެ އެތައް މަސައްކަތެއް
ބެޗް އެޕާޓްމަންޓުގެ ފައުންޑޭޝަން މަސައްކަތް ފަށައިފި
ސަރުކާރު މުވައްޒަފުންނަށް 400 ފްލެޓް އަޅަން އަމީނަށް
އިންޑިއާގެ ކުންފުންޏަކުން ހުޅުމާލޭގައި ފްލެޓް ހަދަނީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ހުޅުވާލައިފި
ހުޅުމާލޭގައި 72 ފްލެޓް އަޅަން އިންޑިއާ ބަޔަކަށް ދީފި
ހުޅުމާލޭގައި ދަމާސް އިން 95 ހައުސިން ޔުނިޓް އަޅަނީ
ހުޅުމާލެ 2 ގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް