ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހައްދުން ނެއްޓުނު" ނޫސްވެރިކަމުގެ މިނިވަންކަން، ހަގީގީ މިނިވަންކަމުގެ މިންގަނޑުގެ ތެރެއަށް ހެޔޮވަރުކުރުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
03 މެއި 2017
ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހައްދުން ނެއްޓުނު" ނޫސްވެރިކަމުގެ މިނިވަންކަން، ހަގީގީ މިނިވަންކަމުގެ މިންގަނޑުގެ ތެރެއަށް ހެޔޮވަރުކުރުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ މި ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން ހުރިހާ ނޫސްވެރިންނާއި މީޑިއާގައި އުޅޭ ހުރިހާ ފަރާތްތަކަށް ތަހުނިޔާ އަރިސްކުރެއްވި ކަމަށެވެ.
މުއާޒް ވިދާޅުވި ގޮތުގައި ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން މީގެ އަހަރުތަކެއް ކުރިން ފެށިގެން އޮތީ އޭގެ ހައްދުން ނެޓިފަ އެވެ. ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ހައްދުން ނެއްޓުނު ނޫސްވެރިކަމުގެ މިނިވަންކަން މިންގަނޑަށް ފެއްތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ތެރެއިން މީހުންގެ އަބުރާއިި އިންސާނީ ކަރާމާތް ރައްކާތެރި ކުރުމުގައި ރާއްޖެ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފައި. --މުއާޒް
އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އަމަލުކުރަން ފެށި ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަންކަން މިންގަނޑަށް ފައްތަން ކުރަން ފެށި މަސައްކަތުގެ ތެރެއިން ސަރުކާރުން ހޯދި ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"ނޫސްވެރިކަމުގެ ތެރެއިން މީހުންގެ އަބުރާއިި އިންސާނީ ކަރާމާތް ރައްކާތެރި ކުރުމުގައި ރާއްޖެ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފައި،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ދިމާވެފައިވާ ހަމަލާތައް ސަރުކާރުން ކުށްވެރިކޮށް، މިނިވަން ނޫސްވެރިކަމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިއެރުންތައް ހޯދުނު ކަމަށް ސަރުކާރުން ސިފަކުރާއިރު، ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިން ދުނިޔޭގެ 180 ގައުމުގެ ނޫސްވެރިކަމުގެ މިނިވަންކަން ބަލައި، ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ވާ ގޮތުން ރާއްޖެ ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ފަސް ދަރަޖަ ފަހަތަށް ޖެހިފަ އެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ނުވަތަ އެ މިނިވަންކަން އެންމެ ދަށް ގައުމުތަކުގެ ލިސްޓަށް ވެސް ރާއްޖެ ވަނީ އަރައިފަ އެވެ.
ނުރައްކަލަކަށް ފަހު ދިވެހި ނޫސްވެރިކަމަށް އާ ދުވަހެއް
ނޫސްވެރިން އިހުމާލުވެއްޖެ ނަމަ ފިތުނަ އުފެދޭނެ: ރައީސް
ނޫސްވެރިންނަށް އޮތް ގޮންޖެހުމަކީ ސަރުކާރު: އަމީތު
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
"މީޑިއާތަކަށް މާލީ މިނިވަންކަން ހޯދައި ދޭންޖެހޭ"
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
އިމެއް ނެތި ލިޔެވުނަސް ހުރަސްތައް ނައްތައެއް ނުލެވޭ
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
މީޑިއާގެ މިނިވަންކަމުގައި ރާއްޖެ 15 ދަރަޖަ ފަހަތަށް!
ނޫސްވެރިކަމަށް މިނިވަންކަން ލިބުމުން އުފާކުރަން: ރައީސް