ގާހިރާ (ޖޫން 18) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އުމުރަށް ޖަލަށް ލުމަށް ގާހިރާގެ ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
18 ޖޫން 2016
ގާހިރާ (ޖޫން 18) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އުމުރަށް ޖަލަށް ލުމަށް ގާހިރާގެ ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖާސޫސް ކުރުމުގެ ކުށް މުރްސީގެ މައްޗަށް ސާބިތުވި އިރު މި މައްސަލާގައި ހިމެނޭ އިތުރު ހަ މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ގަތަރަށް ޖާސޫސީ މައުލޫމާތު ހިމެނޭ ލިޔުންތައް ފޯރުކޮށް ދިން ކަމަށް މުރްސީގެ މައްޗަށް ސާބިތު ނުވާ ކަމަށް ފަނޑިޔާރު ނިންމެވި ނަމަވެސް ހުކުމް އައީ ގާނޫނާ ޚިލާފު އަމަލެއް ހިންގަވާފައިވާތީ ކަމަށް މުރްސީގެ ވަކީލް އަބްދުލް މޫނީމް އަބްދުލް މާކް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތަކެއް ވަގަށް ނެގި ކަމަށް ކުރީގެ ރައީސްގެ މައްޗަށް ސާބިތުކޮށްފައިވާ ކަމަށާ އަދި މި ކުށަށް އިތުރު 15 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވާ ކަމަށެވެ.
މުރްސީގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ހިންގި ހަރަކާތްތަކުގައި ޖަލެއް ފަޅާލައިގެން ގައިދީން ނެރުމާ އަދި ޕޮލިސް ސްޓޭޝަނަކަށް ހަމަލާ ދިނުމުގެ ކުށުގައި މަރުގެ ހުކުމް އިއްވައިފައ އެވެ. އަދި އިތުރު ދެ ކުށެއްގައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި 20 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.
މުރްސީގެ ވެރިކަމުގައި މުސްލިމް ބުރަދަހުޑަށާއި މިސްރު ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ގައުމަކީ ގަތަރެވެ. މިސްރު ސިފައިން ނުކުމެ ބަޣާވާތަކުން ވަނީ ޖުލައި، 2013 ގައި މުރްސީގެ ވެރިކަން ވައްޓާލައިފަ އެވެ. މިސްރުގެ ވެރިކަމުގައި މިހާރު ހުންނެވި އަބްދުލް ފައްތާހު ސީސީއަކީ ވެރިކަން ވައްޓާލި އިރު ސިފައިންގެ ވެރިޔާ އެވެ.
މުރްސީގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ހިންގި ހަރަކާތްތަކުގައި ޖަލެއް ފަޅާލައިގެން ގައިދީން ނެރުމާ އަދި ޕޮލިސް ސްޓޭޝަނަކަށް ހަމަލާ ދިނުމުގެ ކުށުގައި މަރުގެ ހުކުމް އިއްވައިފަ އެވެ. އަދި އިތުރު ދެ ކުށެއްގައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި 20 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.
މަރުގެ ހުކުމް މިއަދު އިއްވި ހަ މީހުންގެ ތެރޭގައި ތިން ނޫސްވެރިން ވެސް ހިމެނެ އެވެ. އެ މީހުންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ޣައިރު ހާޒިރުގަ އެވެ. މީގެ ތެރޭން ދެ ނޫސްވެރިން މަސައްކަތް ކުރަނީ ގަތަރުގެ އަލް ޖަޒީރާ ޗެނަލުގަ އެވެ.
މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި
މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ބާތިލްކޮށްފި
ސީސީ، ރިޔާސީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަނީ
ޓިކްޓޮކްގެ ތަރިއަކު 13 އަހަރަށް ޖަލަށް!
މުރްސީގެ ހަގުދަރިކަލުން ހާޓް އެޓޭކެއްގައި އަވަހާރަވެއްޖެ
މުރްސީ އަވަހާރަކޮށްލި ކަމުގެ ތުހުމަތު ސީސީގެ މައްޗަށް
މުރްސީގެ މަރާ ގުޅިގެން މިސްރު ސަރުކާރަށް ފާޑުކިޔަނީ
މިސްރުގެ ކުރީގެ ރައީސް މުރުސީ އަވަހާރަވެއްޖެ
މުރްސީއާ ދެކޮޅަށް ހެކިބަސް ދެއްވުމަށް މުބާރަކް ކޯޓަށް
މިސްރުގެ ކުރީގެ އޮޑިޓާ ޖެނެރަލް ފަސް އަހަރަށް ޖަލަށް