Roadha Mihaaru
ކެމްޕޭން ޖަލްސާ ބާއްވަން އެމްޑީޕީއަށް ކާނިވާ ނުލިބުނު

ކެމްޕޭން ޖަލްސާ ބާއްވަން އެމްޑީޕީއަށް ކާނިވާ ނުލިބުނު

04 މެއި 2017

އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެންމެ ފަހުގެ ކެމްޕޭން ޖަލްސާ މިރޭ ބާއްވަން ކާނިވާ ސަރަހައްދަށް އެދުމުން ހައުސިން މިނިސްޓްރީން މިހާތަނަށް ޖަވާބެއް ނުދިން ކަމަށް އެމްޑީޕީން ބުނެފި އެވެ.

އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެންމެ ފަހުގެ ކެމްޕޭން ޖަލްސާ މިރޭ ބާއްވަން ކާނިވާ ސަރަހައްދަށް އެދުމުން ހައުސިން މިނިސްޓްރީން މިހާތަނަށް ޖަވާބެއް ނުދިން ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ކެމްޕޭން ޖަލްސާ ކާނިވަލުގައި ބޭއްވުމަށް އެތަން ދޫކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީ އަށް މިދިޔަ މަހުގެ ފަހުކޮޅު ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް ޖަވާބެއް ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖަލްސާ ބޭއްވުމަށް ވަރަށް ކުރިން އެދުނިން. ނަމަވެސް އަޅުގަނޑުމެންނަށް އެ ފުރުސަތެއް ހައުސިން މިނިސްޓްރީން ނުދިން،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ނުދިނުމުން އެ ޖަލްސާ އެމްޑީޕީގެ ހަރުގޭގައި މިރޭ ބާއްވަން ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެންނަށް ޖަލްސާ ބާއްވާނެ ތަނެއް ނުދިން ނަމަވެސް ޕީޕީއެމް އަށް ޖަލްސާ ބާއްވަން ބޮޑުތަކުރުފާނުގެ މަގުގެ ބޮޑު ބައެއް ވަނީ ބަންދުކޮށްފައި. މިއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާދަމާ ހަވީރު މާލޭގައި 13 ޕިކަޕެއްގައި އަޑުގަދަކުރާ ބޭނުންކޮށްގެން މާލޭގައި ވެހިކަލް ބުރެއް ބާއްވަން ނިންމައި އެކަން ފުލުހުންގެ ސަމާލުކަމަށް މިދިޔަ މަހުގެ 30 ގައި ވަނީ ސިޓީއަކުން ގެނެސްފަ އެވެ. އެކަމަކު ފުލުހުން އެ ޕާޓީ އަށް އެންގީ މިވަގުތު މާލޭގައި ލޮރީބުރެއް ބޭއްވުމަށް ހުއްދަ ދިނުމަކީ ދަތިކަމެއް ކަމަށާއި އެކަން ހުޅުމާލޭގައި ބޭއްވިދާނެ ކަމަށެވެ.

މާލޭގައި ލޮރީބުރު ބާއްވަން ހުއްދަ ނުދެވޭނެ ސަބަބެއް ކަމަށް ފުލުހުން ބުނެފައި ވަނީ، މާލޭގެ މަގުތަކުގައި ތަފާތު އުމްރާނީ މަސައްކަތްތައް ކުރަމުން ގެންދިއުމާ ގުޅިގެން، މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވުމާއި މަގު ބޭނުންކުރާ އެންމެން އޭގެ ސަބަބުން ދަތިތައް ދިމާވާނެތީ ކަމަށެވެ.