ކޯޓު އަމުރެއްގެ ދަށުން އެމްޑީޕީގެ ހަރުގެ އަށް ފުލުހުން މިރޭ ވަނީ، ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރުފުޅަށް ހުރަސްއަޅަން ރާވާ ކަމުގެ ތުހުމަތުގައި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ހަރުގެއިން ނުފެނުނު ކަމަށް އެމްޑީޕީން ބުނެފި އެވެ.
01 މާޗް 2017
ކޯޓު އަމުރެއްގެ ދަށުން އެމްޑީޕީގެ ހަރުގެ އަށް ފުލުހުން މިރޭ ވަނީ، ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރުފުޅަށް ހުރަސްއަޅަން ރާވާ ކަމުގެ ތުހުމަތުގައި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ހަރުގެއިން ނުފެނުނު ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ހަރުގެއަށް ވަދެ ހުރިހާ ތަނެއް ބަލައި ފާސްކޮށްގެން ވެސް ފުލުހުން ހޯދަން އުޅުނު އެއްވެސް އެއްޗެއް ނުފެނުނު ކަމަށެވެ. އެތަނުން ގެންދިޔައީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ބެނާތައް ހަދާފައިވާ ފޮތިތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ހަރުގެ މިހާރު ބޭނުން ކުރަމުން އަންނަނީ، އަނަސް ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ މައި މަރުކަޒުގެ ގޮތުގަ އެވެ.
"ތުހުމަތުތަކެއްކޮށް، ފުލުހުން ހަރުގެއަށް ވަނީ ކައުންސިލް އިންތިހާބުގެ ކެމްޕޭނާއި ސިޔާސީ ހަރަކާތް ހިންގަން ހުރަސްއަޅަން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ހަރުގޭގައި މިހާރު ކުރަނީ އިންތިހާބުގެ ކެމްޕޭންގެ މަސައްކަތްތައް،" އަނަސް ވިދާޅުވި އެވެ.
އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އަސްލެއް ނެތް ތުހުމަތުތަކަކާ އެކު އިދިކޮޅު ޕާޓީގެ ކެމްޕޭން މަރުކަޒަށް ވަނުމަކީ އެމްޑީޕީން ބުނިގޮތުގައި ފުލުހުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއިން ދައްކައިދެނީ، ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް މިންވަރު ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެމްޑީޕީގެ ހަރުގެ ހުންނަ ހ. ވެޔޮވިލާ، ކޯޓު އަމުރެއްގެ ދަށުން ފާސްކުރަނީ ރާއްޖެ އަށް ވަޑައިގަންނަވަން ނިންމަވާފައިވާ އިއްޒަތްތެރިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަންތައްތަކެއް ރާވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެމްޑީޕީގެ ހަރުގެއަށް ފުލުހުން މިރޭ މިވަނީ، ސައުދީ ރަސްގެފާނުގެ ދަތުރުފުޅަށް ހުރަސްއަޅަން އެއްވެސް ކަމެއް ހިންގާނަމަ އެކަން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ބަޔާނެއް ނެރުމަށް ފަހު އެވެ.
ލިސްޓާ މެދު ސުވާލު އުފެދޭ، ސޮއިކުރަން ދަތި: އެމްޑީޕީ
ކޯޓު އަމުރަކާއެކު ފުލުހުން އެމްޑީޕީގެ ހަރުގެ ފާސްކޮށްފި
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
ނަތީޖާ އިއުލާން ކުރުން ލަސްވާތީ އެމްޑީޕީން ފާޑު ކިޔައިފި
ބާރުތައް އެއްކުރުމަށް ހުރަސް އަޅުއްވާ: ނަޝީދު
ކެމްޕޭން ޖަލްސާ ބާއްވަން އެމްޑީޕީއަށް ކާނިވާ ނުލިބުނު
އެމްޑީޕީ ކެންޑިޑޭޓުންގެ ލޮރީބުރު މާލެއަކު ނުބޭއްވޭނެ
ކެންޑިޑެސީ ބާތިލް ކުރަން ދަނީ ރާވަމުން: އެމްޑީޕީ
އިންތިޚާބު ފަސްކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ