06 މެއި 2017
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލާއި ހަޒާންދާރުގެ މަގާމަކީ އައްޔަންކުރާ ދެ މަގާމަށް ބަދަލުކޮށް، ތިން ނައިބް ރައީސުން އިތުރުކޮށް އަދިވެސް އިތުރު ގިނަ ބަދަލުތަކެއް އެ ކޮމިޓީގެ އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅައިފި އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލާއި ހަޒާންދާރުގެ މަގާމަކީ އައްޔަންކުރާ ދެ މަގާމަށް ބަދަލުކޮށް، ތިން ނައިބް ރައީސުން އިތުރުކޮށް އަދިވެސް އިތުރު ގިނަ ބަދަލުތަކެއް އެ ކޮމިޓީގެ އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅައިފި އެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވީ އަލަށް ފާސްކުރި ކުޅިވަރުގެ ގާނޫނާ ކޮމިޓީގެ އަސާސީ ގަވާއިދާ ތައާރަޒްވުންތަކެއް އުޅޭ ކަމަށާއި ޖުލައި 5 ގެ ކުރިން އިސްލާހުތައް ގެންނަން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން އެދިފައިވާ ކަމަށެވެ.
ކުރިން ރޭވިފައި އޮތީ ރޭ ބޭއްވި އިންތިހާބީ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ބަދަލު ގެންނާށެވެ. އެކަމަކު ރޭގެ އެޖެންޑާ އިން އެބައި އުނިކުރީ އެވެ. ޝަވީދު ވިދާޅުވީ ރޭގެ ޖަލްސާ އިން އެބައި އުނިކުރީ ކޮމިޓީގެ އެކްސްކޯ އިން ތައްޔާރުކޮށްގެން ގެންނަ ބަދަލުތައް ކޮންގްރެސް އިން ފާސްކުރާއިރު މައިނޯރިޓީއަށް ބަސް ބުނުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް އެކްސްކޯ އަށް ގަބޫލުކުރެވުމުން ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން ނިންމީ އެސޯސިއޭޝަންތަކުގެ ހުރިހާ ރައީސުންނާއި ޖެނެރަލް ސެކްރެޓަރީން ބައިވެރިކޮށްގެން ސެޝަންތަކެއް ބާއްވައިގެން ޕްރޮގްރާމެއްގެ ތެރެއިން އިސްލާހުތައް ގެނެސް އޭޖީއެމް އިން ފާސްކުރަން. އޭރުން މައިނޯރިޓީގެ ބަސް ވެސް އޭގައި ހިމެނިފައި އޮންނާނެ،" ޝަވީދު ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ހިންގުމުގެ ދާއިރާއަށް ބަދަލުތަކެއް ގެންނަން ބޭނުންވާ ކަމަށާއި ތިން ނައިބް ރައީސުން ތިބެ އަދި ސެކްރެޓަރީ ޖެނެރަލާއި ހަޒާންދާރަކީ އައްޔަންކުރާ މަގާމަކަށް ހަދަން ހުށަހަޅައަނީ އެ ވިސްނުމުގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލާއި ހަޒާންދާރަކީ އެކްސްކޯގެ އިތުބާރު ލިބިފައިވާ އަދި އެކްސްކޯ އަށް ޖަވާބުދާރީ ކުރުވޭ ދެ މަގާމަށް ވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވިދާޅުވީ އިސްލާހުތައް ފާސްވުމާ އެކު، މި ދައުރު ނިމެންދެއް އޭނާ އާއި ހަޒާންދާރު ހުސެއިން ރަޝީދު އޮޓޮމެޓިކުން އައްޔަންވެގެންދާނެ ކަމަށެވެ.
ވަރުގަދަ މެސެޖަކާ އެކު ޝަވީދު އާ ދައުރަކާ ދިމާލަށް
ސީޖީއެފްގެ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
އެއް ބަޔަކު ތިބެތިބެ ކުޅިވަރު އެސޯސިއޭޝަންތައް ގާވަނީ!
އުލްޔާގެ ހީޓުން ރާއްޖޭން ނިންމާލީ އުންމީދާ އެކު
އޮލިމްޕިކް ގޭމްސްގެ ޗެފް ޑެ މިޝަނަރަކަށް އަލީ ރަޝީދު
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް
އައިއޯއައިޖީގެ ނައިބަކަށް ޗަމްޕީ އިންތިހާބުކޮށްފި
ކޮންގްރެސްގައި ގިނަ ކްލަބްތަކަށް ފުރުސަތެއް ނުދިން
އެފްއޭއެމް ކޮންގްރެސްގެ އިޖުރާއަތްތައް ފުރިހަމަނުވޭ