Roadha Mihaaru

އިންޑޮނީޝިއާގެ ޖަލެއް ފަޅާލާ 200 މީހުން ފިލައިފި

ޖަކާޓާާ (މެއި 6) - އިންޑޮނީޝިއާގެ ސުމަތުރާގައި މީހުން ގިނަ ޖަލެއް ފަޅާލުމަށް ފަހު 200 އަށް ވުރެ ގިނަ މީހުން ފިލައިފި އެވެ.

އިންޑޮނީޝިއާގެ ޖަލެއް ފަޅާލާ 200 މީހުން ފިލައިފި
ހަސަން އާމިރު
ހަސަން އާމިރު

06 މެއި 2017

ޖަކާޓާާ (މެއި 6) - އިންޑޮނީޝިއާގެ ސުމަތުރާގައި މީހުން ގިނަ ޖަލެއް ފަޅާލުމަށް ފަހު 200 އަށް ވުރެ ގިނަ މީހުން ފިލައިފި އެވެ.

ޓީވީ ސްޓޭޝަނަކުން ދެއްކި ފުޓޭޖަކުން ފެންނަ ގޮތުގައި ޕެކަންބަރު ސިޓީގެ ސިއަލަން ބުންކުކް ޖަލު ފަޅާލައިގެން ގައިދީން ނުކުންނަމުން ދިޔަ އިރު އެއްވެސް ބަޔަކު އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެ އެވެ. ގައިދީން ފިލީ އިއްޔެގެ ހުކުރު ނަމާދަށް ގޮޅިތައް ހުޅުވި ވަގުތު އެވެ. ގާތްގަނޑަކަށް 200 ވަރަކަށް ގައިދީން ފިލި އިރު މީގެ ތެރޭން ތިންބައިކުޅަ އެއްބައި މީހުން މިހާރު ވަނީ އަތުލައިގެންފަ އެވެ.

ޖަލު ހިމެނޭ ސުމަތުރާގެ ލޯ މިނިސްޓްރީން ބުނީ 1،900 ގައިދީން ތިބި ޖަލުގައި ޑިއުޓީ އަށް ތިބީ އެންމެ ހައެއްކަ ގާޑުން ކަމަށެވެ. އެކަމަކު އެ ޖަލުގައި ޖާގަ އޮންނަނީ 300 ގައިދީންނަށެވެ. ޖަލުގެ ގާޑުން ގައިދީންނަށް ވަރަށް ހަރުކަށި ކަމަށާއި ޖަލުގައި އެ މީހުންނަށް ކަންތައް ކުރާ ގޮތުގެ ޝަކުވާ ކޮށްފައިވާ ކަމަށް ވެސް ލޯ މިނިސްޓްރީން ބުނެފައިވެ އެވެ.

ގައިދީން ފިލި ޖަލު ބެލެހެއްޓުމަށް މިހާރު ވަނީ އެތައް ސަތޭކަ ސިފައިންނާއި ފުލުހުން ފޮނުވައިފަ އެވެ. ފުލުހުން މިހާރު ވަނީ އެ ސިޓީގެ މަގުތައް ބަންދުކޮށް ފިލި ގައިދީން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.