Roadha Mihaaru
އެންމެ ދެކުނުގެ ކުނި މެނޭޖް ކުރުން އެމްއާރްޑީސީ އަށް

އައްޑު އާއި ފުވައްމުލަކުގެ ކުނި މެނެޖް ކުރުން އެމްއާރްޑީސީ އަށް

17 މެއި 2016

އައްޑު އާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑު އާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުގެ ކުނި މެނޭޖް ކުރަން އެންވަޔަރުމެންޓް މިނިސްޓްރީ އާއި އެމްއާރްޑީސީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން އެގްރިމަންޓްގައި ސޮއި ކުރެއްވީމިނިސްޓަރު ތޯރިގް އިބްރާހީމެެވެ. އެމްއާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނެޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.

މިނިސްޓަރު ވިދާޅުވީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް ލޯނުގެ އެހީ އާއި ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އައްޑު އާއި ފުވައްމުލަކުގައި ވެސް ކުނި މެނޭޖް ކުރާނެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ގާއިމު ކުރާނެ ކަމަށެވެ.

އައްޑޫގައި ގާއިމު ކުރާ ސެންޓަރު ހަދަން ނިންމާފައި ވަނީ ހިތަދޫގަ އެވެ. އަދި މިއީ ހުވަދު އަތޮޅު ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އައްޑޫގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް މީގެ ކުރިން ވެސް ކުރަމުން ގޮސްފައި ވަނީ ވަގުތީ ގޮތުން އެމްއާރްޑީސީންނެވެ. ފުވައްމުލަކުގައި މި މަސައްކަތް ކުރިއަށް ގެންދިޔައީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ އައްޑު އާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރުން އެމްއާރްޑީސީއާ ހަވާލުކޮށްފައިވާތީ، މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ކުންފުންޏަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ހޯދައި ދޭނެ ކަމަށެވެ.