Roadha Mihaaru
ފަތުހުއްޝާމުގެ ލީޑަރުގެ ބޮލަށް 10 މިލިއަން ޑޮލަރު

ފަތުހުއްޝާމުގެ ލީޑަރުގެ ބޮލަށް އެމެރިކާ އިން 10 މިލިއަން ޑޮލަރު

11 މެއި 2017

ވޮޝިންޓަން (މެއި 11) - އަލްގައިދާ އިން ވަކިވެފައިވާ ކުރީގެ ނުސްރާ ފްރަންޓް ނުވަތަ މިހާރުގެ ފަތުހުއްޝާމުގެ ލީޑަރުގެ ބޮލަށް އެމެރިކާ އިން 10 މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 11) - އަލްގައިދާ އިން ވަކިވެފައިވާ ކުރީގެ ނުސްރާ ފްރަންޓް ނުވަތަ މިހާރުގެ ފަތުހުއްޝާމުގެ ލީޑަރުގެ ބޮލަށް އެމެރިކާ އިން 10 މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.

މިއީ ފަތުހުއްޝާމުގެ ލީޑަރު އަބޫ މުހައްމަދު އަލް ޖުލާނީގެ ބޮލަށް ސްޓޭޓް ޑިޕާޓްމަންޓުގެ ރިވޯޑް ފޯ ޖަސްޓިސް އިން އަގެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. އޭނާ އަކީ ދުނިޔޭގެ ނުރައްކާ ޓެރަރިސްޓެއްގެ ގޮތުގައި ސްޓޭޓް ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ފަރާތެކެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ޖުލާނީގެ ބެލުމުގެ ދަށުން ފަތުހުއްޝާމުން ސީރިއާގައި އާއްމުންނާ ދެކޮޅަށް އެތައް ހަމަލާއެއް ދީފައިވާ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ވަކިވެގެން ޖޫލާނީ އަލްގައިދާއާ ގުޅުނީ އެޕްރީލް 2013 ގައި ކަމަށެވެ.

ފަތުހުއް ޝާމަކީ ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ އާމީ އޮފް ކޮންކުއެސްޓް ނުވަތަ ޖައިޝުލް ފަތުހު ކިޔާ ހަނގުރާމަވެރި ޖަމާއަތްތަކުން ގުޅިގެން އުފައްދާފައިވާ ކޯލީޝަނުގެ ބައެކެވެ. އަދި އެ ޖަމާއަތަކީ އަލްގައިދާ އިން ޖުލައި 2016 ގައި ވަކިވެފައިވާ ކުރީގެ ނުސްރާ ފްރަންޓް (ޖަބްހަތުއް ނުސްރާ) އެވެ. އެ ޖަމާއަތާ ގުޅިގެން ސީރިއާގައި ދިވެހިން ވެސް ދަނީ ހަނގުރާމަ ކުރަމުންނެވެ.