Roadha Mihaaru
ލ. ގަމު ގެއެއްގައި ހުރި ތިން ސައިކަލެއް އަންދާލައިފި

ލ. ގަމު ގެއެއްގައި ހުރި ތިން ސައިކަލެއް އަންދާލައިފި

14 މެއި 2017

ލ. ގަމު ގެއެއްގެ ތެރޭގައި ހުރި ތިން ސައިކަލެއް ރޭ އަންދާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލ. ގަމު ގެއެއްގެ ތެރޭގައި ހުރި ތިން ސައިކަލެއް ރޭ އަންދާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ގަމު މަތިމަރަދޫ އަވަށުގައި ހުންނަ އައްސޭރިގޭގައި ހުރި ތިން ސައިކަލެއްގައި ރޯކޮށްލީ ރޭ ތިނެއް ޖަހާކަން ހާއިރެވެ. އަދި އެ ސައިކަލްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި ސައިކަލްތައް އެނދިއިރު، އެ ގެ އަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގަމު ކައުންސިލް މެމްބަރު އަހުމަދު ޒަކީ ވިދާޅުވި ގޮތުގައި ފުލުހެއްގެ އާއިލާއެއްގެ ބަޔަކު ދިރިއުޅޭ އެ ގޭގައި ހުރި ސައިކަލްތަކުގައި ރޯކޮށްލި ސަބަބެއް އެނގިފައިނުވާ ކަމަށެވެ. ނަމަވެސް އެއީ ވަރަށް އާ ސައިކަލްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަތިމަރަދޫ ބަޔަކު ދިރިއުޅެނީ. އެ ގޭގައި އުޅޭ މީހުންގެ ތެރެއިން އެކަކީ ފުލުހެއް،" އޭނާ ވިދާޅުވި އެވެ.

ތިން ސައިކަލްގައި ރޯކޮށްލުމުން އަލިފާންގަނޑު ނިއްވާލީ އާންމުންގެ ބަޔަކު ކަމަށް ޒަކީ ވިދާޅުވި އެވެ.