ލ. ގަމުގައި ބޭނުންކުރާ ތެޔޮ ބައުޒަރެއްގައި މިއަދު ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
02 މެއި 2018
ލ. ގަމުގައި ބޭނުންކުރާ ތެޔޮ ބައުޒަރެއްގައި މިއަދު ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ދޭއް ޖަހަން އުޅެނިކޮށް، އަލިފާން ރޯވެފައި ވަނީ ގަމު ކައުންސިލްގެ އިދާރާ ކައިރީގައި ޕާކް ކޮށްފައި އޮތް ތެޔޮ ބައުޒަރެއްގައި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ތެޔޮ ބައުޒަރުގައި ރޯވި އަލިފާން ނިއްވާލުމަށް ފަހު ސިފައިންގެ ދެ މީހަކު އޭގެ ކައިރީގައި މަޑުކޮށްލައިގެން.
ތެޔޮ ބައުޒަރުގައި ރޯވި އަލިފާންގަނޑު ސިފައިން ނިއްވާލިއިރު، އެ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ޓޭންކަރުގެ ފަހަތް ހިމެނޭ ގޮތަށް ބޮޑު ބައެއް ވަނީ އަނދައިފަ އެވެ. ބޮޑަށް ބެލެވޭގޮތުގައި އަލިފާން ފުރަތަމަ ރޯވެފައި ވަނީ ވެސް ބައުޒަރުގެ ފަހަތު ބައިގަ އެވެ.
އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ގަމުގައި ތެޔޮ ބައުޒަރުގައި ރޯވެ އަނދަނީ.
ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ދޯންޏެއްގައި ރޯވެ މީހަކު ގެއްލިއްޖެ
ޑީޕް ޓްރެކާއަކާއި ޑްރޯންއެއް ސްޓެލްކޯއިން ހަދިޔާކޮށްފި
މާލޭގެ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި
ކައުންސިލަރު ތުހުމަތު ކުރަނީ ބަޔަކު ރޯކޮށްލީ ކަމަށް!
ހުޅުުދޫގައި އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލެއް ނުވޭ
ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި!
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
ޖަނަވަރީ މަގު ފިހާރައެއްގައި ރޯވެއްޖެ
ގަދަގޭ މުހައްމަދުފުޅު ބިލްޑިންގަށް ބޮޑެތި ގެއްލުންތަކެއް