Roadha Mihaaru
ޔާމީންގެ މަރާ ގުޅިގެން ހޯދި ދެ މީހުން ހައްޔަރުކޮށްފި

ޔާމީންގެ މަރާ ގުޅިގެން ހޯދަމުން އައި ދެ މީހުން ހައްޔަރުކޮށްފި

15 މެއި 2017

އަނިޔާވެރި ގޮތަކަށް މަރާލި ބްްލޮގާ ޔާމީން ރަޝީދުގެ މަރާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި، އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެގެން ހޯދަން އިއުލާން ކުރި ދެ މީހުން ވެސް ހިމެނޭ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަނިޔާވެރި ގޮތަކަށް މަރާލި ބްްލޮގާ ޔާމީން ރަޝީދުގެ މަރާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި، އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެގެން ހޯދަން އިއުލާން ކުރި ދެ މީހުން ވެސް ހިމެނޭ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

ފުލުސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީންގެ މަރާ ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެންމެ ފަހުން ފުލުހުން މި މަހުގެ ނުވަވަނަ ދުވަހު ބުނެފައިވާ ގޮތުން ނަމަ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހަ މީހެކެވެ. އެހެންވެ އޭގެ ފަހުން ފުލުހުން ވަނީ ޔާމީން މަރާލި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފަ އެވެ.

ހޯދަން އިއުލާނުކޮށްފައިވާ ދެ މީހުން ހައްޔަރު ކުރީ ކޮން އިރަކު ކަމެއް ފުލުހުންނެއް ނުބުނެ އެވެ.

ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލު، އަލީ ޝާހު ވެސް ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމާ ގުޅޭ މައުލޫމާތުތަކެއް ވެސް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.

ފުލުސް އޮފީހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ލިބެމުންދާ ކުރިއެރުމާއި އެކި ފަރާތްތަކުގެ އެއްބާރުލުމާ އެކު މި ތަހުގީގު ކާމިޔާބު ކުރެވުމުގެ ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށެވެ.