ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރު ތަހުގީގަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދެފި އެވެ.
24 އެޕްރީލް 2017
ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރު ތަހުގީގަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދެފި އެވެ.
ފުލުސް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެދިފައި ވަނީ ޔާމީނަށް ދިން ހަމަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައި އޮތް ނަމަ، އެކަން ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެންގުމަށެވެ. ޔާމީންގެ ގާތިލުން ހޯދުމުގައި، އާއްމުންގެ ފަރާތުން ލިބޭ މި މައުލޫމާތުތައް ބޭނުން ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ޔާމީންގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގުޅާނީ 3322111 ނުވަތަ 3322112 ނަންބަރު ފޯނަށެވެ.
ސާބިތު ނުހިފޭ، ދޮގު މައުލޫމާތުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅިދާނެތީ ސޯޝަލް މީޑިއާ އާއި އެހެން މީޑިއާތަކުން ވެސް އެ ފަދަ މައުލޫމާތު ނުފެތުރުމަށް ފުލުހުން އެދުނެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮފީސް ނިންމާފައި ގެއަށް ދިޔަތަނާ ބަޔަކު ހަމަލާދީ ޔާމީން މަރާލިތާ 24 ގަޑިއިރު ވެފައި ވާއިރު މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
މަރުގެ އެތައް އިންޒާރެއް ލިބުނު ފަހުން ޔާމީން މަރާލާފައި އޮއްވައި ފެނުނު އިރު ހަށިގަނޑުގެ 14 ތަނަކަށް ހަމަލާދީފައިވެ އެވެ. އޭނާ ފެނުނީ އޭނާ ދިރިއުޅެމުން އައި ގޭގެ ސިޑިކައިރިން ދަންވަރުގެ ވަގުތެއްގަ އެވެ.
ޔާމީން ބްލޮގުގައި ލިޔާ ލިއުންތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން ޔާމީނަށް އިންޒާރު ދިން މައްސަލަތައް ފުލުހުންނަށް ހުށަހެޅި އެވެ. އެ މައްސަލަތައް ބަލައި ތުހުމަތުކުރެވޭ ބަޔަކާ ސުވާލުކުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު އެޅީ ކޮން ފިޔަވަޅެއް ކަމެއް ނުބުނެ އެވެ.
ޔާމީންގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުމެއް ނުވޭ
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
ޒަކިއްޔާގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް:ސީޕީ
އަންހެންމީހާގެ އަތްފައި ވެސް އޮތީ ބުރިކޮށްލައިފައި!
އެންމެ ބޮޑު މަރު: ދައުލަތް އަނެއްކާ ވެސް އިހުމާލު!
ހުކުމާ އެކު ޔާމީންގެ މަރުގެ މައްސަލަ ބަލަން ފަށައިފި