Roadha Mihaaru
އެމްޑީއޭ އަށް ދ. އަތޮޅުގައި ނާކާމިޔާބު

އެމްޑީއޭ އަށް ދ. އަތޮޅުގައި ނާކާމިޔާބު

17 މެއި 2017

ދ. އަތޮޅަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ތާއީދު ބޮޑު ސަރަހައްދެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް ކައުންސިލް އިންތިހާބުގައި ލިބުނު ދަށް ނަތީޖާއާ އެކު މަންޒަރު ބަދަލުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދ. އަތޮޅަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ތާއީދު ބޮޑު ސަރަހައްދެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް ކައުންސިލް އިންތިހާބުގައި ލިބުނު ދަށް ނަތީޖާއާ އެކު މަންޒަރު ބަދަލުވެއްޖެ އެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި އިންތިހާބުގައި ދ. އަތޮޅުން ނުކުތީ ވަރަށް ހައިރާންކުރުވަނިވި ނަތީޖާއެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ދ. އަތޮޅުގައި އެމްޑީއޭ އިން "ރަސްކަން" ކުރަމުން ދިޔަ ދިއުން ނިމުމަކަށް ގެނައީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން މުޅި ދ. އަތޮޅަށް ހާއްސަ 23 ކައުންސިލަރުންގެ ތެރެއިން އެމްޑީއޭ އަށް ލިބުނީ އެންމެ ފަސް ގޮނޑި އެވެ. އެމްޑީޕީގެ 12 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކުރި އެވެ. މިނިވަން ކެންޑިޑޭޓުންނަށް ފަސް ގޮނޑި އަދި ޕީޕީއެމަށް އެއް ގޮނޑި ލިބުނެވެ.

އެމްޑީއޭ އަށް މެޖޯރިޓީ ހޯދުނީ ހަމައެކަނި ބަނޑިދޫ ކައުންސިލުންނެވެ.

މަޖިލިހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަދި އެ ޕާޓީގެ ނައިބު ލީޑަރު އިބްރާހިމް އާމިރު ވިދާޅުވީ ދ. އަތޮޅުން އެމްޑީއޭ އަށް ނާކާމިޔާބު ވުމުގައި ގިނަ ސަބަބުތައް ހުރި ކަމަށެވެ.

އާމިރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މިހާރު

އާމިރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މިހާރު

އޭނާގެ ނަޒަރުގައި އިންތިހާބުގައި ވޯޓުތައް ބޮޑަށް ބެހުނީ އާއިލާތަކުުގެ މެދުގަ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، ޕީޕީއެމާއި ސަރުކާރުގެ ވެރިން މިނިވަން ކެންޑިޑޭޓުންނާ ބެހޭ ގޮތުން ދައްކާ ވާހަކަ އާމިރު ވެސް ތަކުރާރުކުރެއްވި އެވެ. އެއީ ދ. އަތޮޅުގެ މިނިވަން ބައެއް ކެންޑިޑޭޓުންނަކީ އެމްޑީއޭގެ މެމްބަރުން ކަމެވެ.

ޕީޕީއެމާއި ސަރުކާރުން ބުނަނީ އިިންތިހާބު ކާމިޔާބުކުރި މިނިވަން ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކޯލިޝަނަށް ތާއީދުކުރާ ބައެއް ކަމަށެވެ.

އާމިރު ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވުމަކީ ވެސް ނާކާމިޔާބުމުގެ ސަބަބެކެވެ.

"އެހެން އިންތިހާބުގައި ވޯޓުލި މިންވަރާއި މި އިންތިހާބާ އަޅާކިޔާއިރު ވަރަށް މަދު. ހަމައެކަނި ކުޑަހުވަދު އާއި މާއެނބޫދޫން ވެސް ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދު،" ދ. އަތޮޅުގައި އިންތިހާބުގެ ކަންކަމުގައި އެމްޑީއޭގެ ފަރާތުން އިސްކޮށް މަސައްކަތް ކުރެއްވި އާމިރު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިނތިްހާބުގައި ވޯޓު ގުނަނީ: ދ. އަތޮޅު ކައުންސިލްތަކުން އެމްޑީއޭގެ ކޮންޓްރޯލް ވަނީ ގެއްލިފައި-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ލޯކަލް ކައުންސިލް އިނތިްހާބުގައި ވޯޓު ގުނަނީ: ދ. އަތޮޅު ކައުންސިލްތަކުން އެމްޑީއޭގެ ކޮންޓްރޯލް ވަނީ ގެއްލިފައި-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އޭނާ ވިދާޅުވީ އެމްޑީއޭ އިން ކުރި މަސައްކަތްތަކާ އަޅާބަލާއިރު، ނަތީޖާ ދަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ ދ. އަތޮޅުގެ ދެ ގޮނޑި ވެސް ކޮންޓްރޯލްކުރައްވަނީ އެމްޑީއޭ އިިންނެވެ. މަޖިލިހުގައި ކުޑަހުވަދޫ ދާއިރާ އާމިރު ތަމްސީލްކުރައްވާ އިރު މީދޫ ދާއިރާގެ ގޮނޑި މިދިއަ ތިން ދައުރު ވެސް ފުރުއްވަނީ ސިޔާމެވެ.

އެކަމަކު ކައުންސިލް އިންތިހާބުގައި ކުޑަހުވަދޫގެ އިތުރުން މީދޫ ކައުންސިލްގެ މެޖޯރިޓީ ހޯދީ ވެސް އެމްޑީޕީންނެވެ.