Roadha Mihaaru
"ރައީސް އުޅުއްވަނީ ރައްޔިތުން ހުސްބުޅީގައި ބާނަން"

ރައީސް އުޅުއްވަނީ ރައްޔިތުން ހުސްބުޅީގައި ބާނަން: ޝާހިދު

17 ސެޕްޓެމްބަރ 2018

ރައްޔިތުންނަކީ ހުސްބުޅީގައި ގަންނަން މުށިމަސްތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ހީފުޅުވާ ކަމަށާއި ވައުދުތައް ނުފުއްދަވައި ހުސްބުޅީގައި ބާނަން އުޅުނަސް ރައީސަށް އެކަން ނުކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންނަކީ ހުސްބުޅީގައި ގަންނަން މުށިމަސްތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ހީފުޅުވާ ކަމަށާއި ވައުދުތައް ނުފުއްދަވައި ހުސްބުޅީގައި ބާނަން އުޅުނަސް ރައީސަށް އެކަން ނުކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ޝާހިދު މިފަހަރު މިސާލު ބަސްތައް ޖެއްސެވީ ރައްޔިތުންނަށް ދެމުން އަންނަ ސަބްސިޑީޒްތައް ކަނޑާލުމާ ގުޅުވައިގެންނެވެ. އޭނާ ވަނީ ރައްޔިތުންނަށް ލިބޭ އިނާޔަތްތަކުގެ ބައެއް ވަކި ބަޔަކަށް ދާތީ އެކަމަށް ވެސް ފާޑު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރައްޔިތުންނަކީ "ހުސްބުޅީގައި ގަންނަ މުށިމަސްތަކެއް" ކަމަށް ރައީސް ޔާމީން ހީފުޅުކުރައްވަ އެވެ. ޝާހިދު ވިދާޅުވީ ވެ ވަޑައިގެންނެވި ވައުދުތައް ފުރިމަނުކޮށް ނުދެއްވައި ރައީސް ޔާމީން އުޅުއްވަނީ ރައްޔިތުން އަނެއްކާ ވެސް "ބާނަން" ކަމަށެވެ.

ރައްޔިތުންގެ އުނުއޮތް ފޮށާ ވެސް ދަމައިގެނެ، ރައްޔިތުން ކާން ގެންގުޅޭ "ބަތް ތަށި" ފަހަތުން ވެސް ރައީސް ޔާމީން ދުއްވައިގެންފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި ހިސާބަށް ކަން ގޮސްފައި އޮއްވައި ފަސް އަހަރު ވަންދެން މިއިން ރަށަކަށް އަރައިވަޑައިނުގެން ހުންނަވާފައި، ފަސް އަހަރު ފަހުން ރަށްރަށަށް އެބަ އަރައިވަޑައިގަންނަވާ. ވެލާ އަރާ ބީދައިން ދެ ފަސް ބެދޭ ހިސާބަށް، ބަރު ހަތިޔާރާއެކު ވަޑައިގަންނަވާފައި ވިދާޅުވަނީ ތިމަން މަނިކުފާނަށް ވޯޓު ވޯޓު ދޭށޭ. ލަދެއް ނެތީ،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ޝާހިދު ވިދާޅުވި އެވެ.

އެކަމަކު، ރައީސް ޔާމީނަށް މިފަހަރު، ރައްޔިތުންނަށް އެ ލޮޓި ނުދެއްވޭނެ ކަމަށާއި ރައްޔިތުން ހޭލާ ތިބި ކަން އެމަނިކުފާނަށް ވިސްނި ވަޑައިގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންވެ، ޝާހިދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިހާރު މަސައްކަތް ކުރައްވަނީ އެކިކަންކޮޅުތަކުގައި "ފިލި" ޖަހާލުމަށެވެ.

ޝާހިދު ވަނީ އަންނަ އާދިއްތަ ދުވަހު ވޯޓުލާއިރު، ވޯޓު ވިއްކުމުގެ ހުތުރު އަމަލުގައި ބައިވެރިނުވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.