Roadha Mihaaru
މަތީ ތައުލީމުގެ ލޯނު 400 އަށް ވުރެ ގިނަ ކުދިންނަށް

މަތީ ތައުލީމުގެ ލޯނު 400 އަށް ވުރެ ގިނަ ދަރިވަރުންނަށް ދީފި

18 މެއި 2017

މަތީ ތައުލީމަށް ކިޔެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ލޯނު 438 ދަރިވަރުންނާ ރޭ ހަވާލުކޮށްފި އެވެ. ޢިޔާސުއްދީން ސްކޫލުގައި ބޭއްވި ހަފުލާއެއްގައި، އެ ދަރިވަރުންނާ ލޯނު ސްކީމުގެ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނެވެ. މިއީ މަތީ ތައުލީމް ހާސިލްކުރަން ލޯނު ދޫކުރި ނުވަ ވަނަ ބުރެވެ. މި ފަހަރު ލޯނު ދޫކޮށްފައިވަނީ ރާއްޖޭގައި ތިބެގެން ޑިޕްލޮމާ އިން ފެށިގެން މާސްޓާޒްއާ ހަމައަށް އަދި ރާއްޖޭން ބޭރުގައި ޑިޕްލޮމާއިން ފެށިގެން މާސްޓާޒްއާ ހަމައަށް ކިޔެވުމަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމްގެ ލޯނު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން ރޭ ބޭއްވި ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަ ދައްކަަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަތީ ތައުލީމްގެ ލޯނު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން ރޭ ބޭއްވި ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަ ދައްކަަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ހުޅުވައިލި މި ލޯނު ސްކީމުގައި ޖުމްލަ 900 ފުރުސަތު ދޭން ހަމަޖެއްސި ކަމަށެވެ. ނަމަވެސް އެ ލޯނަށް އެދި ހުށަހަޅާފައިވަނީ 542 ދަރިވަރުން ކަމަށާއި އޭގެ ތެރެއިން ލޯނު ދީފައިވަނީ 438 ދަރިވަރުންނަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، މަސައްކަތު މީހުންގެ އާބާދީއެއް ގާއިމްވެފައި އޮތުމަކީ ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރުވެ، އިގުތިސޯދު ކުރިއަރައި ވާދަވެރި މާކެޓްތަކުން ޖާގަ ހޯދަން ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. އަދި އެ މާކެޓުތަކުގައި ސާބިތުކަމާއެކު ދެމިތިބުމަށް ބޭނުންވާ އާ އީޖާދުތަކަށް ހަދަންޖެހޭ ދިރާސާތައް ހަދައި އޭގެ އަލީގައި އިލްމު އުފައްދައި އެއިން އާ އުފެއްދުންތައް މާކެޓްކުރުމަކީ ވެސް މިއަދު ބޭނުން ތެރިކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމްގެ ލޯނު ލިބުނު ދަރިވަރަކަށް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ނަޒީރު ރޭ ލިޔުން ހަވާލުކޮށް ދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަތީ ތައުލީމްގެ ލޯނު ލިބުނު ދަރިވަރަކަށް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ނަޒީރު ރޭ ލިޔުން ހަވާލުކޮށް ދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަހަރަކު މަދުވެގެން މަތީ ތައުލީމުގެ ލޯނުގެ 1،000 ފުރުސަތު ހުޅުވާލުން ކަމަށް ވިޔަސް އެއަށް ވުރެ މާ ގިނަ ފުރުސަތު ހުޅުވާލެވޭ ކަމަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމުގެ ލޯނު ދީފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކިޔެވުން ނިންމާލުމަށް ފަހު، ވީ އެންމެ އަވަހަކަށް ރާއްޖެ އައިސް ގައުމަށް ޚިދުމަތް ކުރުމަށް މިނިސްޓަރު ވަނީ، ލޯނު ލިބުނު ދަރިވަރުންގެ ކިބައިން ރޭ އެދިވަޑައިގެންފަ އެވެ.