15 ޖެނުއަރީ 2018
ރާއްޖެއަށް މަތީ ތައުލީމުގެ ސްކޮލަޝިޕްތައް ދިނުމާ ބެހޭ އެއްބަސްވުމެއްގައި، ބޭރުގެ ހަތަރު ޔުނިވަސިޓީއަކާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
ރާއްޖެއަށް މަތީ ތައުލީމުގެ ސްކޮލަޝިޕްތައް ދިނުމާ ބެހޭ އެއްބަސްވުމެއްގައި، ބޭރުގެ ހަތަރު ޔުނިވަސިޓީއަކާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މެލޭޝިއާގެ ދެ ޔުނިވަސިޓީއަކާއި އިންޑިއާ އަދި ސްރީ ލަންކާގެ ޔުނިވަސިޓީތަކުން ރާއްޖެއަށް ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
ދިވެހިންނަށް ސްކޮލަޝިޕް ދޭން ހަޖައްސާފައި ވަަނީ މެލޭޝިއާގެ ޔޫސީއެސްއައި ޔުނިވަސިޓީ އާއި މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަސިޓީގެ އިތުރުން އިންޑިޔާގެ ލަވްލީ ޔުނިވަސިޓީ އަދި ލަންކާގެ އީސޮފްޓް މެޓްރޯ ކެމްޕަސް އިންނެވެ.
ކޯހުގެ ފީ ހިލޭ ލިބޭ 230 ސްކޮލަޝިޕާއި ޓިއުޝަން ފީ އިން ޑިސްކައުންޓް ލިބޭ 1،095 ޕާޝަލް ސްކޮލަޝިޕް، މިއަދު ސޮއިކުރި އެއްބަސްވުންތަކުގައި ދިވެހި ދަރިވަރުންނަށް ލިބޭނެ އެވެ. މީގެ އިތުރުން އެ ޔުނިވަސިޓީތަކުން ރާއްޖޭގެ މަތީ ތައުލީމަށް އެހީތެރިކަން ދޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މަތީ ތައުލީމް ފޯރުކޮށްދޭން ސަރުކާރުން އަންނަނީ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 5،200 ދަރިވަރުންނަށް އެ ފުރުސަތުތައް ދީފައިވާއިރު، މިހާރު ވެސް ވަނީ 2،050 ސްކޮލަޝިޕަށް ހުޅުވާލައިފަ އެވެ.
2050 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ފިލިޕީންސް ކޮލެޖަކާއެކު އެޑިއުކޭޝަނުން ސޮއިކޮށްފި
މަތީ ތައުލީމުގެ ސްކޮލަޝިޕް 857 ދަރިވަރަކަށް
މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް ދީފި
ލިމްކޮކް ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ހުޅުވާލައިފި
މަތީތައުލީމުގެ ލޯނު 500 އަށްވުރެ ގިނަ ދަރިވަރުންނަށް
މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކޮށްފި
މަތީ ތައުލީމުގެ ލޯނު 400 އަށް ވުރެ ގިނަ ކުދިންނަށް
މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕް އިތުރުކުރަނީ