21 މެއި 2017
ދަރިއަކު ހޯދުމަށް މަސައްކަތްކުރާ ފިރިހެނުން ވެސް ކެއުމުގައި ފަރުވާތެރިވާން ޖެހެ އެވެ. ކިރުގެ ބާވަތްތަކާއި އޮރެންޖް ޖޫހާއި ސޯޔާ މިލްކް އަދި ސީރިއަލްސް ހިމެނޭ ކެއުން ކާން އާދަކުރަން ޖެހެ އެވެ. ސަބަބަކީ ލިބޭ ދަރިފުޅުގެ ހެދިބޮޑުވުމާއި ސިއްހަތަށް އެ ކާނާތަކުން އަސަރުކުރާތީ އެވެ.
ދަރިއަކު ހޯދުމަށް މަސައްކަތްކުރާ ފިރިހެނުން ވެސް ކެއުމުގައި ފަރުވާތެރިވާން ޖެހެ އެވެ. ކިރުގެ ބާވަތްތަކާއި އޮރެންޖް ޖޫހާއި ސޯޔާ މިލްކް އަދި ސީރިއަލްސް ހިމެނޭ ކެއުން ކާން އާދަކުރަން ޖެހެ އެވެ. ސަބަބަކީ ލިބޭ ދަރިފުޅުގެ ހެދިބޮޑުވުމާއި ސިއްހަތަށް އެ ކާނާތަކުން އަސަރުކުރާތީ އެވެ.
ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ދަރިފުޅު އުފަންވުމުގެ މަރުހަލާ ފެށުމުގެ ކުރިން، ބައްޕައިންގެ ހަށިގަނޑުގައި ވިޓަމިން ޑީ ހުރި މިންވަރު އޭނާއަށް ލިބޭ ދަރިއަށް ފަސް އަހަރު ވާއިރު އެ ކުއްޖާގެ އިސްކޮޅާއި ބަރުދަން ހުންނަ މިންވަރާ ގުޅުން އެބަހުއްޓެވެ.
ޕޯޗްގަލްގެ ޕޯޓޯގައި އޮތް މިއަހަރުގެ ޔޫރަޕިއަން ކޮންގްރެސް އޮން އޮބޭސިޓީ އަށް ޑރ. ސިސިލާ މީޖިއާ ހުށަހެޅުއްވި މި ދިރާސާ ޕްރެޒެންޓޭޝަނުގައި ރިސާޗަރުން ބަލާފައި ވަނީ އަޔަލެންޑްގައި އެއްކޮށްފައިވާ މައުލޫމާތަށެވެ. މި މައުލޫމާތުތަކަށް ބަލައި ކުރި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ކުއްޖާ އުފެދުމުގެ މަރުހަލާގައި ނުވަތަ އޭގެ ދުވަސްކޮޅެއް ކުރިން އެ ކުއްޖާގެ ބައްޕަ ކެއުމުގައި ބޭނުންކުރި އެއްޗިއްސާއި އެ ކުއްޖާގެ އިސްކޮޅާއި ބަރުދަނާ ގުޅުން ހުރެ އެވެ.
މިކަން ދިރާސާ ކުރުމުގައި، މިކަމަށް އަސަރުކޮށްފާނެ އެހެނިހެން ބައެއް ކަންތައްތަކަށް ވެސް ބަލާފައިވެ އެވެ. ބައްޕަގެ އުމުރާއި ހަކަތަ ލިއްބައިދޭ މާއްދާތައް ބޭނުންކުރި މިންވަރާއި އިސްކޮޅާއި، ބަރުދަން މީގެ ތެރޭގައި ހިމެނެ އެވެ. އަދި މަންމަގެ އުމުރާއި ވިޓަމިން ޑީ އެކުލެވޭ ކާނާ ބޭނުންކޮށްފައިވާ މިންވަރާއި ކުއްޖާގެ ޖިންސާއި އުމުރު އަދި ވިޓަމިން ޑީ އާއި ހަކަތަ ބޭނުންކޮށްފައި ހުރި މިންވަރާއި އަވީގައި ތިބެގެން ކޮށްފައިވާ ކަސްރަތަށް ވެސް ބެލި އެވެ.
މޮޑެލްތަކެއް ބޭނުންކޮށްގެން ތައްޔާރުކުރި މި މައުލޫމާތުތަކުން ހާމަވެފައިވާ ގޮތުގައި ބައްޕަގެ ހަށިގަނޑުގައި ވިޓަމިން ޑީ ހުރި ނަމަ އެކަމުގެ ރަނގަޅު އަސަރުތައް ކުއްޖާއަށް ކުރެ އެވެ. ނަމަވެސް ފުރަތަމަ ތިން މަހާއި ދެ ވަނަ ތިން މަހު މަންމަގެ ހަށިގަނޑުގައި ވިޓަމިން ޑީ ހުރި މިންވަރަކުން ކުއްޖާގެ އުމުރުން ފަސް އަހަރުގައި އަދި ނުވަ އަހަރުގައި ވެސް އެއްވެސް ފައިދާއެއް ކުރި ކަމަކަށް ނުދައްކަ އެވެ.
ދަރިފުޅުގެ ސިއްހަތާއި އުފެދުން އަދި ބޮޑެތިވުމުގައި އިސް ދައުރެއް ކުޅެނީ ހަމައެކަނި މައިމީހާ ކާ ފައިދާހުރި ކާނާއެއް ނޫނެވެ. ބައްޕަގެ ކާނާ ވެސް މުހިންމެވެ.
ބައިގެން ދިއުމާއި އައިބުވުން ވިޓަމިން ބީ3 އިން ކުޑަވޭ
ވިހޭއިރު ވެސް ކުއްޖާގެ ބަރުދަނުގައި ހަ ކިލޯ
ތިން މީހެއްގެ ޑީއެންއޭ ހުރި ކުއްޖާ އުފަންވެއްޖެ
ބިހާ ނުލައި ދަރިން އުފައްދަން ސައިންސްވެރިން ފޫގަޅައިފި
ވިސްނުން ތޫނު ދަރިން ބޭނުން ނަމަ ކާންވީ މޭވާ
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
މާބަނޑު މީހުންނަށް ކޮވިޑް ޖެހޭ ވަރު އިތުރުވެއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
ސިޒޭރިއަން ވަރަށް މަތީގައި, ކަންބޮޑުވުމަކީ ކޮބާ؟