ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމުގެ މަގުސަދުގައި ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުން ބައެއް ބޮޑެތި މީޑިއާތަކުގެ މައްސަލަތައް މޯލްޑިވްސް މީޑިއާ ކައުންސިލަށް ރައީސް އޮފީހުން ހުށަހަޅަން ފަށައިފި އެވެ.
22 މެއި 2017
ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމުގެ މަގުސަދުގައި ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުން ބައެއް ބޮޑެތި މީޑިއާތަކުގެ މައްސަލަތައް މޯލްޑިވްސް މީޑިއާ ކައުންސިލަށް ރައީސް އޮފީހުން ހުށަހަޅަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ނޫހުގެ އިތުރުން މިހާތަނަށް ރައީސް އޮފީހުން ހުށަހަޅާފައި ވަނީ ރާއްޖެޓީވީގެ ނިއުސް ވެބްސައިޓް ކަމަށްވާ ރާއްޖެއެމްވީ އާއި ވީއެފްޕީ އާއި ވަގުތު އަދި މޯލްޑިވްސް އިންޑިޕެންޑެންޓާ ދެކޮޅަށެވެ. އޭގެ ތެރެއިން ރާއްޖެ ޓީވީގެ ހަ ނޫސްވެރިޔަކަށް ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް މީޑިއާ ކައުންސިލުން ވަނީ ދީފަ އެވެ.
އެހެން މީޑިއާތަކަށް އެމްއެމްސީން އަދި ވަކި އެއްޗެއް ނާންގަ އެވެ.
ރާއްޖެޓީވީގެ ވެބްސައިޓްގެ ނޫސްވެރިންނާ ދެކޮޅަށް ރައީސް އޮފީހުން، ޗީފް ކޮމިޔުނިކޭޝަން އޮފިސަރުގެ ނަމުގައި މައްސަލަ ހުށަހެޅީ، އެނގިފައިވާ ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ އަަނބިކަނބަލުން ފާތުމަތު އިބްރާހިމާ ބެހޭ ގޮތުން ލިއުނު ލިއުންތަކަކާ ގުޅިގެންނެވެ.
މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން، މައްސަލަތަކުގެ ތަފްސީލެއް ނުދެއްވާ، ވިދާޅުވީ ގިނަ އަދަދެއްގެ މީޑިއާތަކެއްގެ މައްސަލަތައް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން އުޅުމުން އެ ކައުންސިލުން ހަމައެކަނި ބުނީ ގާނޫނުގައި އޮންނަ ގޮތަށް ލިޔުމުން ހުށަހެޅުމުން މައުލޫމާތު ދޭނެ ކަމަށެވެ.
މިދިޔަ އޮގަސްޓް މަހު ތަސްދީގުކުރި އަބުރުގެ ގާނޫނު ދަށުން ނޫސްވެރިންނާއި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވެ އެވެ. އަދި ޖޫރިމަނާ ނުދައްކައި ކޯޓުގައި މައްސަލަ އިސްތިއުނާފެއް ވެސް ނުކުރެވެ އެވެ. ޖޫރިމަނާ ނުދައްކައިފި ނަމަ ނޫސްވެރިންގެ މައްޗަށް ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ދެ ފަހަރެއްގެ މަތިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުން އާންމުންގެ އެހީތެރިކަމާ އެކު އެ ފައިސާ ވަނީ ދައްކައިފަ އެވެ.
އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމުގެ ބާރު ލިބިގެން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. އަދި އެފަދަ ކޮންޓެންޓެއް ޝާއިއުކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު އޮތީ މީޑިއާ ކައުންސިލަށެވެ.
އަބުރުގެ ގާނޫނު ނަހަމަގޮތުގައި ބޭނުން ނުކުރެވޭނެ
މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ބްރޯޑްކޮމް އަށް!
ރާއްޖެ ޓީވީގެ ޖޫރިމަނާ މީރާ އަށް ދައްކަން އަންގައިފި
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
ހައްޔަރުކުރި ނޫސްވެރިންގެ ޝަކުވާތައް އެމްއެމްސީއަށް
މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ހުށަނާޅަން: އަލީ
މިއީ ހުރިހާ ނޫސްވެރިންނަށް ކުރާ ހުކުމެއް: އެމްޑީޕީ
އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ