28 އޯގަސްޓް 2019
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލައްވައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލައްވައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް ކުރި ކުރިމަތިލި 36 މީހެއްގެ ނަން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ރޭ ވަނީ ފޮނުވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަޖިލިހަށް ފޮނުއްވި ލިސްޓުގެ ތެރެއިން އެމަނިކުފާނު އިސްކަން ދެއްވި ތަރުތީބުން ނަމަ، ހިދާޔަތުﷲ އަށް ލިބިވަޑައިގަންނަވަނީ 25 ވަނަ އެވެ. އެމަނިކުފާނުގެ ލިސްޓުގެ ކުރީގައި އޮތީ ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމާއި ގ. ޑޭޒީފަހި، މުހައްމަދު ހިލްމީގެ ނަމެވެ.
ހިދާޔަތުﷲ "މިހާރު" އަށް ވިދާޅުވީ ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލެއްވީ ފާއިތުވެދިޔަ އަހަރުތަކުގައި އެ ކޮމިޝަންގެ ކަންކަން ދިޔަ ގޮތުން އެ ތަން ރަނގަޅު ކުރަން ބޭނުންވާތީ ކަމަށެވެ.
"އެމްއެމްސީ އަށް ކުރިމަތިލި އިރުގައި ބްރޯޑްކޮމް އަށް ދިއުމުގެ ވިސްނުމެއް ނެތް. އޭރުގައި ނޭނގޭ ބްރޯޑްކޮމްގެ މެމްބަރު ކަން ހުސްވެދާނެ ކަމެއް،" ހިދާޔަތުﷲ ވިދާޅުވި އެވެ.
ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ ދައުރު ހަމަވީމަ، އެ ކޮމިޝަނަށް ކުރިމަތިލެއްވުމުގެ ވިސްނުން އޭރުގައި ވެސް ގެންގުޅުއްވި ކަމަށް ހިދާޔަތުﷲ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގެ ނުފޫޒާ އެކު ވަކިވަކި ޗެނަލްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވިފައިވާ ބްރޯޑްކޮމްގެ ބައެއް މައްސަލަތައް ކޮމިޝަނުން ނިންމީ އިންސާފުން ނޫން ކަމަށް މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރި އެވެ. އަދި ސަންގު ޓީވީ އާއި ވީޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ އަބުރުގެ ގާނޫނު އުވާލެއްވުމެވެ.
ހަފްތާ އޮންލައިންގެ ފަރާތުން މީޑިއާ ކައުންސިލަށް ކުރިމަތިލެއްވި ހިދާޔަތުﷲ އެ ކައުންސިލަށް އިންތިހާބު ކުރީ ރާއްޖޭގެ ގިނަ ނޫސްވެރިންގެ މެދުގައި ނެގި ސިއްރު ވޯޓަކުން މިދިޔަ ޑިސެމްބަރު މަހު އެވެ. މީޑިއާ ކައުންސިލްގެ މެންބަރު ލަތީފް އަހުމަދު ވެސް ވަނީ ބްރޯޑްކޮމް އަށް ކުރިމަތިލައްވައިފަ އެވެ. ހިދާޔަތުﷲ އާއި ލަތީފްއާ އެކު މީޑިއާ ކައުންސިލްގައި 15 މެމްބަރުން ތިއްބަވަ އެވެ.
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
ދައުވާނުކޮށް މީޑިއާތަކަށް އަދަބު ދިނުމުގެ ބާރުދެނީ!
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ
ބްރޯޑްކޮމް އަށް ބޮޑު ބަޖެޓް، ކައުންސިލްގެ ހާލަތު ދަށް
"ސަރުކާރަކާ ނުލައި ވެސް ނޫސްވެރިކަން އޮތުން މުހިންމު"
ރާއްޖެ ޓީވީގެ ޖޫރިމަނާ މީރާ އަށް ދައްކަން އަންގައިފި
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
ނޫސްވެރިން ތިބީ ބިރުވެރިކަމެއްގައި، މިނިވަންކަމެއް ނެތް