ޔަންގޫން (މެއި 24) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ކަމުގެ ސާފު ހެކި ހުރި ނަމަވެސް މިއަންމާ ސިފައިން އެކަން ދޮގުކޮށްފި އެވެ.
24 މެއި 2017
ޔަންގޫން (މެއި 24) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ކަމުގެ ސާފު ހެކި ހުރި ނަމަވެސް މިއަންމާ ސިފައިން އެކަން ދޮގުކޮށްފި އެވެ.
ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ރޮހިންޖާ މުސްލިމުންގެ 65،000 މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ. ގިނަ މީހުން ބުނެފައި ވަނީ އެ މީހުން ރަކީން ސްޓޭޓް ދޫކޮށް ދިޔައީ މިއަންމާ ސިފައިން އަނިޔާކޮށް، ރޭޕްކޮށް އަދި މީހުން މަރާތީ ކަމަށެވެ.
އެކަމަކު މުސްލިމުންނަށް އަނިޔާ ކުރާ ކަމަށް ބުނާ މައްސަލަ މިއަންމާ ސިފައިން ތަހުގީގު ކުރުމަށް ފަހު ބުނެފައި ވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.
މިއަންމާގެ މުސްލިމުންނަށް ސިފައިން އަނިޔާ ކުރާ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަންމާ ސިފައިން ބުނެފައި ވަނީ މި ހުރިހާ ފަރާތްތަކުން ވެސް ހަދަނީ ދޮގު ކަމަށެވެ. އަދި މިއަންމާ ސިފައިން ބުނެފައި ވަނީ އެ މީހުން ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ރަކީން ސްޓޭޓުގެ 3،000 މީހުންނާއި ސިފައިންގެ 184 އޮފިސަރުންނާ އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ.
މިއަންމާ ސިފައިން ވަނީ ރަކީން ސްޓޭޓުގެ މުސްލިމުންގެ ގެދޮރު ހަލާކުކޮށްލާފައި. --ފޮޓޯ:ރޮއިޓާސް
މިއަންމާގެ މުސްލިމުންނަށް ސިފައިންގެ ހަތަރު އޮފިސަރުން އަނިޔާކުރާ ވީޑިއޯއެއް މިދިޔަ އަހަރު ވަނީ ލީކުވެފަ އެވެ. އެކަމަކު އެ މައްސަލަ ބަލަން އުފެއްދި ކޮމިޝަނުން މިދިޔަ އަހަރު ނެރުނު ރިޕޯޓުގައި ވެސް ވަނީ މިއަންމާ ސިފައިން މުސްލިމުންނަށް އަނިޔާ ކުރާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.
މިއަންމާ ސިފައިން މިދިޔަ އޮކްޓޯބަރު މަހު ފެށި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޖާ ދަރިކޮޅުގެ 86 މުސްލިމަކު މަރާފައިވެ އެވެ. މިއަންމާ ސަރުކާރުން ބުނެފައި ވަނީ މި އޮޕަރޭޝަން ފެށީ ފުލުހުންގެ ނުވަ މީހަކު މަރާލުމާ ގުޅިގެން ކަމަށެވެ. އަދި ސަރުކާރުން ބުނެފައި ވަނީ އެ މީހުން ހިންގަނީ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ކަމަށެވެ.
ރަކީންގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކީންގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޖާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.
ރަކީންގައި ސިފައިން އެއްވެސް ޖަރީމާއެއް ހިންގި ކަމަކަށް ނުވި
މިއަންމާ އަށް ދޭ އަސްކަރީ އެހީ އެމެރިކާ އިން ހުއްޓާލަނީ
ރަކީންގެ ހާލަތު އަންނަނީ ރަނގަޅުވަމުން: މިއަންމާ
މިއަންމާ ސިފައިންނަށް އަދަބު ދޭން ގޮވާލައިފި
މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލަން އދ. އިން ގޮވާލައިފި
ރަކީން އަށް ދިޔަ ރިޕޯޓަރު: މުސްލިމުންގެ އަވަށްތައް ދަނީ އަންދަމުން
ރަކީން ސްޓޭޓުގައި މުސްލިމުންނަށް ހިމާޔަތް ދެން: ސޫކީ
ރޮހިންޖާ މުސްލިމުންނަށް މެލޭޝިއާ އިން އެހީ ފޮނުވައިފި
މިއަންމާ ސިފައިންގެ އަނިވެރިކަން މުސްލިމުން ސިފަކޮށްދީފި
ރޮހިންޖާ މައްސަލަ ހައްލު ކުރަން ވަގުތު ދޭން މިއަންމާ އިން އެދިއްޖެ