ސިންގަޕޫރު (ޖެނުއަރީ 24) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގާ ޖަރީމާތައް ހުއްޓުވުމަށް ވަގުތު ދިނުމަށް މިއަންމާގެ ދިފާއީ ވަޒީރުގެ ނައިބް އެދިވަޑައިގެންފި އެވެ.
24 ޖެނުއަރީ 2017
ސިންގަޕޫރު (ޖެނުއަރީ 24) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގާ ޖަރީމާތައް ހުއްޓުވުމަށް ވަގުތު ދިނުމަށް މިއަންމާގެ ދިފާއީ ވަޒީރުގެ ނައިބް އެދިވަޑައިގެންފި އެވެ.
ސިންގަޕޫރުގައި ބޭއްވި ސަލާމަތީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރިއާ އެޑްމިރަލް މިންޓް ނިވެ ވިދާޅުވީ ރަކީން ސްޓޭޓުގެ ހާލަތާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް މިއަންމާ ސަރުކާރަށް ވެސް އިހުސާސްކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ ސަމާލު ކަމަށް ގެނެސް، ކުށްވެރިވާ މީހުންނަށް އަދަބު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މުސްލިމުންނަށް މިއަންމާ ސިފައިން އަނިޔާ ކުރާ ވީޑިއޯއެއް ލީކުވި ނަމަވެސް އެ މައްސަލަ ބަލަން އުފެއްދި ކޮމިޝަނުން ނިންމާފައި ވަނީ މުސްލިމުންނަށް ސިފައިން އަނިޔާ ނުކުރާ ކަމަށެވެ.
މިއަންމާ ސިފައިން އޮކްޓޯބަރު މަހު ވަނީ ރަކީން ސްޓޭޓުގައި މުސްލިމުންގެ ނަސްލު ނައްތާލުމުގެ އޮޕަރޭޝަނެއް ފަށައިފަ އެވެ. ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ރޮހިންޖާގެ 66،000 މުސްލިމުން ވަނީ އަވަށްޓެރި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާވެފަ އެވެ.
މުސްލިމުންނަށް އަނިޔާ ކުރަމުންދާ އިރު، ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ އަން ސަން ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ. މިއަންމާ ސަރުކާރުން އަމަލުކުރަމުން ދަނީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ނައްތާލަން ކަމަށް ވެސް ނޯބެލް ސުލްހައިގެ އިނާމު ހޯދާގައިވާ 11 ފަރާތެއް ގުޅިގެން ނެެރެފައިވާ ބަޔާނެއްގައި ދާދި ފަހުން ވަނީ ބުނެފަ އެވެ. މިއަންމާ ސަރުކާރުން ބުނެފައި ވަނީ އޮކްޓޯބަރު މަހު ސިފައިން އޮޕަރޭޝަން ފެށީ ފުލުހުންގެ ނުވަ މީހަކު މަރާލުމާ ގުޅިގެން ކަމަށެވެ. އަދި ސަރުކާރުން ބުނެފައި ވަނީ އެ މީހުން ހިންގަނީ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ކަމަށެވެ.
ރަކީންގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކީންގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޖާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.
ރަކީންގެ ހާލަތު އަންނަނީ ރަނގަޅުވަމުން: މިއަންމާ
މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލަން އދ. އިން ގޮވާލައިފި
ރަކީން އަށް ދިޔަ ރިޕޯޓަރު: މުސްލިމުންގެ އަވަށްތައް ދަނީ އަންދަމުން
ރަކީން ސްޓޭޓުގައި މުސްލިމުންނަށް ހިމާޔަތް ދެން: ސޫކީ
މުސްލިމުންނަށް އަނިޔާ ނުކުރާ ކަމަށް ސިފައިން ބުނެފި
ރޮހިންޖާ މުސްލިމުންނަށް މެލޭޝިއާ އިން އެހީ ފޮނުވައިފި
މިއަންމާ ސިފައިންގެ އަނިވެރިކަން މުސްލިމުން ސިފަކޮށްދީފި
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
މިއަންމާގެ ދެ ނޫސްވެރިންގެ މައްސަލަ ކުރިއަށް ގެންދާނެ
މުސްލިމުން މެރި މިއަންމާ މީހުންނަށް ފިޔަވަޅު އަޅަނީ