Roadha Mihaaru
ޑޭޓަކަށް ގޮސް ފޯނާ ކުޅެން އިނުމުން ބަދަލުހޯދަން ކޯޓަށް

ޑޭޓަކަށް ސިނަމާއަށް ގޮސް ފޯނުން މެސެޖުކުރުމުން ޓިކެޓްގެ އަގު ހޯދަން ދައުވާކޮށްފި

25 މެއި 2017

އެމެރިކާގެ ޓެކްސަސްގެ ފިރިހެނަކު، އޭނާއާ އެކު ޑޭޓަކަށް ސިނަމާއަށް ދިޔަ އަންހެނަކު މާގިނައިރު ފޯނާ ކުޅެން އިން ކަމަށް ބުނެ ބަދަލުގައި 17.31 ޑޮލަރު ހޯދަން ދައުވާކޮށްފި އެވެ.

އެމެރިކާގެ ޓެކްސަސްގެ ފިރިހެނަކު، އޭނާއާ އެކު ޑޭޓަކަށް ސިނަމާއަށް ދިޔަ އަންހެނަކު މާގިނައިރު ފޯނާ ކުޅެން އިން ކަމަށް ބުނެ ބަދަލުގައި 17.31 ޑޮލަރު ހޯދަން ދައުވާކޮށްފި އެވެ.

ސްޓޭޓްސްމެން ނޫހުން ބުނި ގޮތުގައި، އުމުރުން 37 އަހަރުގެ ބްރެންޑަން ވެޒްމާ މި ދައުވާކޮށްފައި ވަނީ ގާޑިއަންސް އޮފް ދަ ގެލެކްސީގެ ދެ ވަނަ ބައި ބަލަން އޭނާއާ އެކު ދިޔަ 35 އަހަރުގެ އަންހެނަކު ސިނަމާ ތެރޭގައި 15 ވަރަކަށް މިނެޓް ވަންދެން ފޯނުން އެހެން މީހަކަށް މެސެޖުކުރަން އިނުމުންނެވެ.

ބަދަލުގައި ނަގައިދިނުމަށް ބްރެންޑަން އެދިފައިވާ އަދަދަކީ ސިނަމާއަށް ޓިކެޓް ގަންނަން ޚަރަދުވި ވަރެވެ.

މާގިނައިން މެސެޖުކުރާތީ، ސިނަމާއިން ނިކުމެފައި އެކަން ކުރަން ބުނުމުން އަންހެން މީހާ ނިކުތް ގޮތަށް އެނބުރި ނާންނަ ކަމަށްވެ އެވެ.

ކޯޓަށް ހުށަހެޅި ލިޔުންތަކާ ހަވާލާދީ ނޫހުގައި ބުނެފައި ވަނީ "15 މިނެޓް ތެރޭ، މަދުވެގެން 10-20 މިނެޓް މެސެޖުކުރި" ކަމަށެވެ. ނަމަވެސް މި ވާހަކަތަކަށް އަންހެން މީހާ އިންކާރުކުރެ އެވެ. އޭނާ ބުނަނީ މެސެޖުކުރީ ލޯބިވެރިޔާއާ މައްސަލަޖެހިގެން އުޅުނު އަންހެން އެކުވެރިޔަކަށް ކަމަށާއި މެސެޖުކުރީ ދެތިން ފަހަރު ކަމަށެވެ.

އަންހެން މީހާ ބުނަނީ ފައިސާ ހޯދަން އޭނާގެ އަންހެން ކޮއްކޮއާ ވެސް ބްރެންޑަން ބައްދަލުކޮށްފައިވާ ކަމަށާއި އެ މައްސަލާގައި އޭނާ ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަހަންނަކީ ގޯސް އަންހެނެއް ނޫން. އަހަރެން ހަމަ ދިޔައީ ޑޭޓަކަށް،" ނޫހުގައި ނަން ހާމަކޮށްފައި ނުވާ އަންހެން މީހާ ބުނެފައިވެ އެވެ.

މި މައްސަލައިގެ އަޑު އަހާފައި، މިކަމުގައި ހިމެނޭ ދެ މީހުން ބަލަން ދިޔަ ފިލްމުގެ ޑައިރެކްޓަރު ކުރި ޓްވީޓް އަދި މާ ފުރިހަމަ އެވެ.

އޭނާ ބުނަނީ ދައުވާކޮށްފައި ހުއްޓާލައިގެން ނުވާނެ ކަމަށާއި އަންހެން މީހާ ލާންވީ ޖަލަށް ކަމަށެވެ. ބުރަ މަސައްކަތުން ހެދި ފިލްމު ނުބަލައި އެހެން ކަމެއް ކުރުމުން ޑައިރެކްޓަރު ވެސް ރުޅި އަންނާނެތާ އެވެ.