Roadha Mihaaru
ޖަނަވާރުންނަށް ފަރުވާ ދޭން ވެޓެރިނަރީ ކްލިނިކެއް ހަދަނީ

ޖަނަވާރުންނަށް ފަރުވާ ދޭން ވެޓެރިނަރީ ކްލިނިކެއް ހަދަނީ

28 މެއި 2017

ރާއްޖޭގައި ގެންގުޅޭ ޖަނަވާރުތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށް ވެޓެރިނަރީ ކްލިނިކެއް ފުރަތަމަ ފަހަރަށް ގާއިމް ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ގެންގުޅޭ ޖަނަވާރުތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށް ވެޓެރިނަރީ ކްލިނިކެއް ފުރަތަމަ ފަހަރަށް ގާއިމް ކުރަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މިނިސްޓްރީއަށް ވިލިމާލެ އިން ލިބިފައިވާ ބިމުގައި ވެޓެރިނަރީ ކްލިނިކެއް ހެދުމުގެ އިތުރުން ރާއްޖެ އިން ނެތިދާކަމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި ދައްކާލުމަށް ހާބޭރިއަމެއް ވެސް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ވެޓެރިނަރީ ކްލިނިކެއް ގާއިމް ކުރާ ފުރަތަމަ ފަހަރެވެ.

ވެޓެރިނަރީ ކްލިނިކެއް ގާއިމް ކުރަނީ ރާއްޖޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ ގިނަ ބަޔަކު ކުރަމުންދާ ކަމަށްވާއިރު، އެފަދަ ޖަނަވާރަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދެވޭ ގޮތް ހެދުމަކީ އެކަން ކުރިއަރުވަން ދެވޭ ހިތްވަރެއް ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެއީ ޖަނަވާރުންގެ ޒަރީއާ އިން އިންސާނުންނަށް ޖެހޭ ބަލިތަކުން ސަލާމަތްވާން އެޅޭނެ ފިޔަވަޅަކަށް ވާނެ ކަމަށް އިއުލާނުގައި ވެ އެވެ.

އިއުލާނުގައިވާ ގޮތުން ވެޓެރިނަރީ ކްލިނިކް އެޅުމަށް ބިން ދޫކުރާނީ ގިނަވެގެން 21 އަހަރަށެވެ. އެތަނުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެގްރިކަލްޗަރު މިނިސްޓްރީގެ ހުއްދަ ލިބުމަށް ފަހު ކަމަށް އިއުލާނުގައިވެ އެވެ. އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިދިޔަ ބުރާސްފަތިދުވަހު ވަނީ ހަމަވެފަ އެވެ.