އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރު އުފެއްދި ނޭޝަނަލް ޕްލޭނިން ކައުންސިލް (އެންޕީސީ) އަށް ސީއެސްއާރު މޮޑެލްގެ ދަށުން ރިސޯޓް ހެދުމަށް ރަށްތަކާއި ފަޅުތައް ހޯދަން 660 ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި 2011 ވަނަ އަހަރު އިއުލާން ނުކޮށް 17 ރަށަކާއި ފަޅެއް ދޫކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.
01 ޖޫން 2017
އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރު އުފެއްދި ނޭޝަނަލް ޕްލޭނިން ކައުންސިލް (އެންޕީސީ) އަށް ސީއެސްއާރު މޮޑެލްގެ ދަށުން ރިސޯޓް ހެދުމަށް ރަށްތަކާއި ފަޅުތައް ހޯދަން 660 ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި 2011 ވަނަ އަހަރު އިއުލާން ނުކޮށް 17 ރަށަކާއި ފަޅެއް ދޫކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު އުފައްދަވައި އަދި ރިޔާސަތު ބެލެހެއްޓެވި ކައުންސިލުން އެކި ފަރާތްތަކަށް ރަށްތަކާއި ފަޅުތައް ބިޑްކުރުމެއް ނެތި، ރަށްރަށުގެ ނަރުދަމާ އަދި ފެންހޮޅި އަޅަައިދޭން ޝަރުތުކޮށް ފަޅު ރަށްތައް ދޫކުރުމުން ގިނަ ބަޔަކު އެ ސަރުކާރަށް ފާޑުކިޔާފައިވެ އެވެ. އަދި އޭގެ ފަހުން މި ސަރުކާރުން ވަނީ ބިޑްކުރުމެއް ނެތި އެއްފަހަރާ ގަނޑުކޮށް ސަރުކާރަށް ފައިސާ ދެއްކުމުން ރިސޯޓް ހަދަން ރަށް ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ބައެއް ރަށްތަކާއި ފަޅުތައް ވިއްކަން ފަށައިފަ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ދަނޑުވެރިކަމަށާއި މަސްވެރިކަމަށް ވެސް އެންޕީސީން ރަށްތަކާއި ފަޅުތައް ދޫކުރަން ނިންމި ކަމަށެވެ. އެގޮތުން 2011 ވަނަ 17 ރަށަކާއި އެއް ފަޅު އެކި ފަރާތްތަކަށް ދޫކުރަން ނިންމިއިރު އެއީ ކޮން ރަށްތަކެއް އަދި ފަޅުތަކެއް ކަމެއް އާއްމުކޮށް އިއުލާންކޮށްފައިނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެ ރަށްތަކާއި ފަޅުތައް ހޯދަން ހުށަހަޅަން ޖެހޭ ސުންގަޑިއެއް ވެސް ކަނޑައަޅައި އާއްމުކޮށްފައިނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އެންޕީސީގެ މަސައްކަތް ހުއްޓާލުމާ ހަމަޔަށް، އޭގެ ތެރެއިން 72 ޕްރޮޕޯސަލް އިވެލުއޭޓްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 11 ޕްރޮޕޯސަލަކާ ގުޅޭ ސީއެސްއާރު އެގްރީމަންޓްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިޒަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް 11 ފަރާތަކާއެކު އެއްބަސްވުން ހަދާފައި ވަނީ އެ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ފާސްކޮށްފައިވާ އިވެލުއޭޝަން މިންގަނޑުތަކެއްގެ ދަށުން ވަޒަންކޮށްގެން ނޫން ކަމަށެވެ. އަދި އެ ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ފަރާތްތަކުގެ މާލީ ގާބިލްކަމާއި ފަންނީ ގާބިލްކަންހުރި މިންވަރު ބަލައި ޑިއުޑިލިޖެންސް ހަދައިގެން ނޫންކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ސީއެސްއާރު މޮޑެލްގެ ދަށުން ޓޫރިޒަމް ބޭނުންތަކަށް ރަށްތަކާއި ފަޅުތައް ދޫކުރުމަށް ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކާ މުއާމަލާތްކުރަމުން ދިޔައިރު، އެކަންކަމަށް ދޫކުރަން ހަމަޖެހިފައި ވަނީ ކޮން ރަށްތަކެއްކަން އެނގޭ ގޮތަށް އެކަމާ ގުޅޭ މައުލޫމާތު އާއްމުކޮށްފައިނުވާ ކަމަށެވެ. އަދި އޭގެ ފަހުން ސީއެސްއާރު މޮޑެލްގެ ބަދަލުގައި 2013 ވަނަ އަހަރު އެ ރަށްތަކުން އިކުއިޒިޝަން ކޮސްޓެއް ނަގަން ނިންމިކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުނު ރިޕޯޓުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ރަށްތަކާއި ބިން އަދި ފަޅުތައް ތަރައްގީކުރުމަށް އަމިއްލަ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެދިފައި ވެ އެވެ. އަދި އެފަދަ ކަންކަމަށް ދޫކުރަން ހަމަޖެހިފައިވާ ތަންތަނުގެ މައުލޫމާތާއި ޕްރޮޕޯސަލްތައް ހުށަހެޅުމުގެ މުއްދަތު އާއްމުކުރުމަށްފަހު ނޫނީ ދޫނުކުރަން ވެސް އޮޑިޓާ ޖެނެރަލް އަންގަވާފައިވެ އެވެ.
އަމީން އިތުރުފުޅުހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް
ޓޫރިޒަމުން 26 މިލިއަން ގަވައިދާހިލާފަށް ހޭދަކުރި
ހިދުމަތުގެ ބަދަލަށް ރަށްރަށް ނުދޭން އަންގައިފި
ސީއެސްއާރުގެ ފައިސާގައި ޓޫރިޒަމްގެ އިހުމާލު
އެމްއާރްޑީސީގެ ހާއްސަ އޮޑިޓް: ބޮޑެތި ގޯސްތަކެއް
ބްރޯޑްކޮމުން ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ: އޮޑިޓް
ހާލަތަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ނޫން!
9 މިލިއަނަށް ވީ ގޮތް ލިޔެކިޔުމުން އެނގޭނެ:އެންޑީއެމް
އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ