ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިވެލޮޕްމެންޓަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން މައުލޫމާތު އެއް ކުރުމަށް ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.
02 ޖޫން 2017
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިވެލޮޕްމެންޓަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން މައުލޫމާތު އެއް ކުރުމަށް ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.
އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން ހިންގާފައިވާ ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ރެފްރީން އަންނަ މަހު ދެ ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުވާ ރެފްރީންނަށް އެފްއޭއެމުން ރާވާ ހިންގާ މުބާރާތްތަކުގައި އޮފިޝަލްކަން ނުކުރެވޭނެ ކަމަށެވެ.
އަދި އެ އެސޯސިއޭޝަނުގެ މުބާރާތްތަކުގައި ހަރަކާތްތެރިވާން ބޭނުންވާ ކޯޗުން ވެސް ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި "ޕްރޯ"، "އޭ"، "ބީ" އަދި "ސީ" ސެޓްފިކެޓް ހާސިލްކޮށްފައިވާ ކޯޗުން ހިމެނޭ ކަމަށް އެފްއޭއެމުން ބުނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުވާ ކޯޗުންނަށް އެފްއޭއެމް މުބާރާތްތަކުގައި ބައިވެރިވާ ކްލަބްތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މިއީ އެފްއޭއެމްގެ ހިންގުން ހަރުދަނާކޮށް ރެފްރީންނާއި ކޯޗުންގެ މައުލޫމާތު އެއްކުރުމުގެ ގޮތުން ކްލަބް ލައިސަންސިން ތެރޭން ކުރާ ކަމެއް ކަމަށެވެ.
"މިއީ ހަގީގަތުގައި ކްލަބް ލައިސަންސިންގެ ތެރެއިން ޑިވެލޮޕްމެންޓަށް ކުރެވޭ މަސައްކަތެއް. ރެފްރީންނާއި ކޯޗުންނާއި ބެހޭ މައުލޫމާތު އެއްކުރެވިގެން އިތުރު ކުރިއެރުންތަކެއް ހޯދައިދޭން ފަސޭހަތަކެއް ވެގެންދާނެ.،" ޖަވާ ވިދާޅުވި އެވެ.
"އެބަހުރި 2000 ވަނަ އަހަރު އެފްއޭއެމް ރެފްރީ ކޯސް ފުރިހަމަ ކޮށްފައި އެއް މެޗު ދެ މެޗު އޮފިޝަލްކަން ކޮށްފައި ވެސް އެގޮތަށް ބަލާއިރު ރަޖިސްޓްރީކޮށްގެން މިކަން ރަނގަޅަށް ކުރިއަށްގެންދެވޭނެ ކަމަށް މި ބަލަނީ."
އެފްއޭއެމުން ބުނީ ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމު އެ އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށެވެ.
މުސާރައެއް ނުދޭ، ރެފްރީން ނުލިބި މެޗުތައް ހުއްޓިފައި!
އިންޒާރުތަކާ އެކު ރެފްރީން ބިރުވެރި ކަމެއްގެ ތެރޭ
ރެފްރީންގެ ގޯސްތަކާ ހެދި ކަންބޮޑުވުން ސޯޝަލް މީޑިއާއަށް
ފީފާ ބެޖް ލިބޭ ދިވެހި ރެފްރީން ކަނޑައަޅައިފި
އޭއެފްސީގެ ބޮޑު ތަޖުރިބާއާ އެކު އަމީޒް އެފްއޭއެމަށް
ރެފްރީންގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވޭ!
ރެފްރީ ނިއުޝާދުގެ ސަސްޕެންޝަން އުވާލައިފި
ރެފްރީން ކުރިއަރުވަން އަންނަ މަހު މަސައްކަތް ފަށަނީ
ރެފްރީން ތަރައްގީކުރަން އެފްއޭއެމުން މަސައްކަތް ފަށަނީ
ރެފްރީސް އެސޯސިއޭޝަންގެ ރައީސަކަށް އަނީލް