Roadha Mihaaru
10 ފަހަރަށް ވޯޓު ލައިގެން ވެސް ރައީސަކު ނުހޮވުނު!

10 ފަހަރަށް ވޯޓު ލައިގެން ވެސް ރައީސަކު ނުހޮވުނު، ކޮންމެ މީހަކު ވެސް ލަނީ އެ މީހަކަށް!

04 ޖޫން 2017

ބ. ދޮންފަނު ކައުންސިލަށް ރައީސަކު ހޮވަން ކުރި މަސައްކަތް އެތައް ފަހަރަކު ބޭކާރުވެ، އެންމެ ފަހުން ގޮތް ހުސްވެއްޖެ އެވެ. ތިން މެމްބަރުން ހިމެނޭ ކައުންސިލްގައި ދިހަ ފަހަރަށް ވޯޓު ލީ އިރު ވެސް، ކޮންމެ މެމްބަރަކު ވެސް ވޯޓު ދެނީ ރައީސް ކަމަށް އެ މީހާގެ އަމިއްލަ ނަމަށް ކަމަށް ވާތީ، ކައުންސިލަށް ރައީސަކު އިންތިހާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ބ. ދޮންފަނު ކައުންސިލަށް ރައީސަކު ހޮވަން ކުރި މަސައްކަތް އެތައް ފަހަރަކު ބޭކާރުވެ، އެންމެ ފަހުން ގޮތް ހުސްވެއްޖެ އެވެ. ތިން މެމްބަރުން ހިމެނޭ ކައުންސިލްގައި ދިހަ ފަހަރަށް ވޯޓު ލީ އިރު ވެސް، ކޮންމެ މެމްބަރަކު ވެސް ވޯޓު ދެނީ ރައީސް ކަމަށް އެ މީހާގެ އަމިއްލަ ނަމަށް ކަމަށް ވާތީ، ކައުންސިލަށް ރައީސަކު އިންތިހާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދޮންފަނު ކައުންސިލަށް މުޅިން ވެސް ހޮވުނީ އަމިއްލަ ގޮތުން ވާދަކުރެއްވި ބޭފުޅުންނެވެ.

ދޮންފަނު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު ސާލިމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ރަށު ކައުންސިލްގެ ތިން ބޭފުޅުން ވެސް ރައީސް ކަމަށް ކުރިމަތިލައްވާ ކަމަށެވެ. އެހެންވެ، ވޯޓް ނަގާ ކޮންމެ ފަހަރަކު ވޯޓް އެއްވަރު ވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭ ހުވާކުރުމުގެ ރަސްމިއްޔާތު ނިންމުމަށްފަހު 11:15 ގައި ރައީސަކު ހޮވަން ފުރަތަމަ ބައްދަލުވުން ބޭއްވީ. ފުރަތަމަ ފަސް ފަހަރު ވެސް ވޯޓް ލައިގެން އެއްވަރުވާތީ ކުރިއަށް ދާ ގޮތެއް ނުވި. ދެން އިތުރަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު އެލްޖީއޭގެ މަޝްވަރާގެ މަތިން ރޭ މެދުކަނޑާލީ،" ސާލިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދޮންފަނު ކައުންސިލަށް ރައީސަކު އިންތިޚާބު ކުރުމަށް މިއަދު ވެސް ފަސް ފަހަރު ވޯޓުލި އެވެ. އެކަމަކު ވެސް ކައުންސިލްގެ ރައީސެއް އަދި ނައިބު ރައީސަކު ވެސް އިންތިޚާބު ނުކުރެވުނެވެ.

"އިތުރަށް ވާހަކަ ދައްކަން ފުރުސަތު އަރުވައިގެން ވެސް އެލްޖީއޭގެ މަޝްވަރާގެ މަތިން މެދު ކަނޑާލީ. ދެން މިއަދު 11 ޖެހިއިރު ފަށައިގެންވެސް ކުރިއަށް ގޮސް ފަސް ފަހަރު ވޯޓް ލައިގެންވެސް އެކަން ވާ ގޮތެއް ނުވި،" އޭނާ ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކު ވިސްނުން ބަދަލުކުރާ ހިޔާލެއް ނެތް. ތިން ބޭފުޅުން ވެސް ކުރިމަތިލައިފަ ތިން ބޭފުޅުން ވެސް ތިން ބޭފުޅުންނަށް ވޯޓް ދެނީ. އެހެންވީމަ ކުރިއަށް ނުގޮސްގެން އެލްޖީގެ ލަފައަކާއެކު، މިހާރު މި ވަގުތަށް މިއޮތީ ޖަލްސާ މެދު ކަނޑާލާފައި."

ދޮންފަނު ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލަށް ރައީސަކު ހޮވުން ދެން ކުރިއަށްދާނީ އެލްޖީއޭގެ ލަފާގެ މަތިންނެވެ.