Roadha Mihaaru
ސުމެއިދުގެ ފޯނު ފެނިއްޖެ

ސުމެއިދުގެ ފޯނު ފެނިއްޖެ

05 ޖޫން 2017

އައްޑޫ ގަން ކަނޑަށް އިއްޔެ ހަވީރު ތިން މީހުންނާ އެކު މަހަށް ނިކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހައިލި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ސުމޭދުގެ މޮބައިލް ފޯނު މީގެ އިރުކޮޅެއް ކުރިން ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ސުމައިދުގެ ފޯނު ފެނުނު ހިސާބު ރަތްކުލައިން ފާހަގަކޮށްފައި

ސުމައިދުގެ ފޯނު ފެނުނު ހިސާބު ރަތްކުލައިން ފާހަގަކޮށްފައި

ފުލުހުން ބުނިގޮތުގައި އުމުރުން 27 އަހަރުގެ ފުލުސް ސުމޭދުގެ ފޯނު ފެނުނީ ޝަންގްރިއްލާ ރިސޯޓް ކައިރީގައި އޮންނަ ފަޅުރަށް ކައިރިންނެވެ. ފޯނުގެ އިތުރުން، ސުމެއިދު ގެންގުޅުނު ދޮށި ވެސް އެ ސަރަހައްދުން ފެނިފައިވާ ކަމަށް ވެ އެވެ. ދޮށި ފެނުނީ ސުމެއިދުގެ ބޭބެއަކަށެވެ.

ސުމެއިދު ހޯދުމުގައި ސިފައިންނާއި ފުލުހުންގެ އިތުރުން އޭނާގެ އާއިލާގެ މީހުންނާއި ރައްޓެހިން ވެސް ހަރަކާތްތެރިވެ އެވެ.

ސުމެއިދާ އެކު ދެން ޑިންގީގައި ތިބި ހުސެއިން ސައީދާއި އަހުމަދު ނާއިފް ސަލާމަތްވީ ފަތާފައި ގޮސް ކައިރީގައި އޮތް ފަޅުރަށަކަށް އެރުމުންނެވެ.

ސަތާރަ ފޫޓުގެ ޑިންގީ ބަންޑުން ޖަހައިލީ ޝަންގްރިއްލާ ރިސޯޓް ކައިރީގައި އޮންނަ ފަޅުރަށް ކައިރިން ކަމަށް، މި ހާދިސާގައި ސަލާމަތްވި ފޭދޫ ދެ މީހުންގެ ތެރެއިން ހުސެއިން "މިހާރު" އަށް މިއަދު ބުންޏެވެ.