21 ޖޫން 2016
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވި ކަމަށް ބުނާ މީހާ ހޯދިފައިވާ ކަމަށް ބުނެ ނާޒިމްގެ ފަރާތުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ސާބިތުކުރަން ހެކިން ގެންނަން ނާޒިމްގެ ފަރާތުން އެދުނަސް އެ މީހުން ހާޒިރުކުރަން ނުޖެހޭ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވި ކަމަށް ބުނާ މީހާ ހޯދިފައިވާ ކަމަށް ބުނެ ނާޒިމްގެ ފަރާތުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ސާބިތުކުރަން ހެކިން ގެންނަން ނާޒިމްގެ ފަރާތުން އެދުނަސް އެ މީހުން ހާޒިރުކުރަން ނުޖެހޭ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލަ ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާތީ އެ މައްސަލަ އިސްތިއުނާފް ކުރަން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނާޒިމްގެ ފަރާތުން ވަނީ އެ ފިސްތޯލަ ބޭއްވި މީހާއަކީ ކާކު ކަމާއި އެކަން ކުރި ގޮތް އެނގޭނެ ހެކިން އެބަތިބި ކަމަށް ބުނެފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެ ފިސްތޯލަ ބޭއްވި ކަމަށް ބުނާ މީހާގެ ވާހަކައަކީ ދޮގެއް ކަމަށް ބެލެވޭ ކަމަށާއި އެ މީހާގެ ވާހަކަ މީގެ ކުރިން ތަހުގީގުގައި އަދި ދަށު ކޯޓާއި ހައި ކޯޓުގައި ވެސް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައި ނެތް ކަމަށެވެ. އެހެންވެ އެ މީހާ އެ ފިސްތޯލަ ބޭއްވިކަން ސާބިތުކުރަން ސުޕްރީމް ކޯޓަށް ހެކިން ހާޒިރު ކުރަން ނުޖެހޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ އެ ހަތިޔާރަކީ ނާޒިމްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ހުރި ތަނަކުން ފެނުނު އެއްޗެެއް ކަމަށް ވާ އިރު އެ ހަތިޔާރާ އެހެން މީހަކާ ގުޅުވޭނެ ހެއްކެއް ނާޒިމަށް ދެއްކިފައި ނެތުމުން އޭގެ ޒިންމާ ނާޒިމް އުފުލަންޖެހޭނެ ކަމަށެވެ. އެ ހަތިޔާރަކީ އެހެން މީހަކު ބޭއްވި އެއްޗެއް ކަން ވެސް ނާޒިމަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށާއި އެހެންވެ ގާނޫނީ ގޮތުން އެ ތަކެތީގެ ޒިންމާ އޭނާ އުފުލަންޖެހޭނެ ކަމަށެވެ.
އެ ހަތިޔާރަކީ ސިފައިންގެ ބަޑި ގުދަނުން މަދުވި ހަތިޔާރެއް ކަމަށް ސިފައިންގެ ކެޕްޓަން އަލީ އިހުސާން ހައި ކޯޓުގައި ބުނެފައިވާތީ އެ ހަތިޔާރާ ނާޒިމާ ގުޅުން ނެތްކަން އެނގޭ ކަމަށް ނާޒިމްގެ ފަރާތުން ބުނެފައިވާތީ އެކަމަށް ރައްދު ދީ ދައުލަތުން ބުނީ އެ ހަތިޔާރަކީ ސިފައިންގެ އެއްޗެއް ކަން ޔަގީންކަމާ އެކު އިހުސާން ބުނެފައިނުވާ ކަމަށެވެ.
އެއީ ސިފައިންގެ ހަތިޔާރަކަށް ވިޔަސް ނާޒިމް ކުށްވެރިވާނެ ކަމަށާއި އެ ހާލަތުގައި ވެސް ހަތިޔާރެއް ނާޒިމް ގެންގުޅުނީ ކަމަށް ބެެލެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އޭރު ނާޒިމަކީ ޑިފެންސް މިނިސްޓަރު ކަމަށްވާތީ އެހެން މީހަކު މެދުވެރިިކޮށް ސިފައިންގެ ބަޑި ގުދަނުން ހަތިޔާރު ނެގުމުގެ ފުރުސަތު ނާޒިމަށް އޮތްކަން ދައުލަތުން ފާހަގަ ކުރި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި އެ ހަތިޔާރު ފެނުނީ ނާޒިމްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ތަނަކުން ކަމަށާއި އެގޭގެ ތަޅުދަނޑި އެހެން ބައެއްގެ އަތުގައި އޮންނަ އޮތުމަކީ އެ ހަތިޔާރަކީ އެހެން ބަޔަކު ބޭއްވި އެއްޗެއް ކަން ސާބިތުވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ހަތިޔާރާ އެހެން މީހަކާ ގުޅުވޭނެ އެއްވެސް ހެއްކެއް ނެތް އިރު އެ ހަތިޔާރާ ނާޒިމާ ގުޅުވޭނެ ހެކި ހުރި ކަމަށް ވަކީލު ވިދާޅުވި އެވެ. އެގޮތުން ނާޒިމަކީ ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނާއި ގާބިލްކަން ހުރި މީހެއް ކަން ދައުލަތުން ފާހަގަ ކުރި އެވެ.
ފިސްތޯލަ ބޭއްވުމަކީ ނާޒިމް ފްރޭމް ކުރުމުގެ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ރާވައިގެން ކުރި ކަމެއް ކަން ސާބިތުކުރަން އަދީބު ސުޕްރީމް ކޯޓަށް ހާޒިރު ކޮށްދޭން ނާޒިމްގެ ފަރާތުން އެދުނު އެދުމަށް ވެސް ދައުލަތުން މިއަދު ވަނީ ދެކޮޅު ހަދައިފަ އެވެ. ދައުލަތުން ބުނީ އަދީބު ހާޒިރުކުރަން މީގެ ކުރިން ނާޒިމްގެ ފަރާތުން އެދިފައިނުވާ ކަމަށާއި އެހެންވެ މިހާރު އަދީބު ހާޒިރު ކުރަން ނުޖެހޭ ކަމަށެވެ.
މީގެެ އިތުރަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސުޕްރީމް ކޯޓަށް ހާޒިރު ކޮށްދޭން ނާޒިމްގެ ފަރާތުން އެދުނަސް އެކަމަށް ވެސް ދައުލަތުން ދެކޮޅު ހެދި އެވެ.
މިހާރު ކުރިއަށް ގެންދާ އަޑުއެހުންތަކަކީ އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ބާއްވާ އަޑުއެހުންތަކެކެވެ. ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު މިއަދު ވަނީ މުޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންވެ ދެން އޮންނާނީ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުން ކަމަށް ބެލެވެ އެވެ.
އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި
ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ކިޔާ މީހެއް
ނާޒިމްގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
ނާޒިމްގެ ކޮޓަރިއަށް ފިސްތޯލަ ލި މީހާ ހޯދިއްޖެ: ވަކީލް
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް
ދެ ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަނީ
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ހުކުމަށްއަސަރުކުރާނެ
ނާޒިމްގެ މައްސަލައިގައި އިޖްރާއީ އަޑުއެހުމެއް ބާއްވަނީ
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް
ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި