30 ޖޫން 2017
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޯދަ މަހު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު އަނބުރާ މިއަދު ޖަލަށް ގެންގޮސްފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޯދަ މަހު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު އަނބުރާ މިއަދު ޖަލަށް ގެންގޮސްފި އެވެ.
ނާޒިމް ގޭ ބަންދުގައި ހުންނެވި ސީނުކަރަންކާއާގޭގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަނީ ކުޑައިރުކޮޅެއް ކުރިން އެ ގެއަށް ގޮސްފަ އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ނާޒިމް މިއަދު އަނބުރާ ޖަލަށް ގެންދިޔައީ އޭނާގެ ކޮޓަރިން ފެނުނު ފިސްތޯލައާ އޭނާއާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
ނާޒިމް ޖަލަށްލާން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާއިރު އެ ހުކުމް އިސްތިއުނާފް ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
އަދީބު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ ކޮޓަރިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނާ ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެކަމުގެ ހަގީގަތް އެނގޭ ކަމަށެވެ. އަދި އެ މައުލޫމާތު ޝަރީއަތާ ހިއްސާކުރަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އެ ސިޓީގައި އަދީބު ވިދާޅުވެފައިވެ އެވެ.
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި
ޑީއެންއޭ ރިޕޯޓާ މެދު ވަކި ގޮތެއް ނުނިންމަން: ޕީޖީ
ފިސްތޯލަ ބޭއްވި މީހާގެ ވާހަކައަކީ ދޮގެއް: ދައުލަތް
ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ކިޔާ މީހެއް
ނާޒިމްގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
"އަދީބަށް އަވަހަށް ހުކުމްކުރީ ރައީސް އަންގަވައިގެން"
ނާޒިމްގެ ކޮޓަރިއަށް ފިސްތޯލަ ލި މީހާ ހޯދިއްޖެ: ވަކީލް
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް
ދެ ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަނީ
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ހުކުމަށްއަސަރުކުރާނެ