Roadha Mihaaru
އިންޓަނެޓަށް ވަގުތީ ހައްލެއް ހޯދިއްޖެ: އާރްއޯއެލް

އިންޓަނެޓްގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދިއްޖެ: އާރުއޯއެލް

11 ޖޫން 2017

ސަބްމެރިން ކޭބަލް ކެނޑުމާ ގުޅިގެން، އިންޓަނެޓަށް ދިމާވި މައްސަލަތައް ވަގުތީ ގޮތުން ހައްލުކޮށްފައިވާ ކަމަށާއި ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޯކަސް އިންފޯކޮމް (އާރްއޯއެލް) އިން ބުނެފިއެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ސަބްމެރިން ކޭބަލް ކެނޑުމާ ގުޅިގެން، އިންޓަނެޓަށް ދިމާވި މައްސަލަތައް ވަގުތީ ގޮތުން ހައްލުކޮށްފައިވާ ކަމަށާއި ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޯކަސް އިންފޯކޮމް (އާރްއޯއެލް) އިން ބުނެފިއެވެ.

އާރްއޯއެލް އިން ބުނި ގޮތުގައި މައްސަލަތައް ދިމާވީ މި މަހުގެ ހަ ވަނަ ދުވަހު ވާފް ސަބްމެރިން ކޭބަލެއް އެއްކޮށް ކަނޑައިގެން ދިއުމުންނެވެ.

ކޭބަލް ކަނޑައިގެން ދިއުމުން ރާއްޖެ އާއި އިންޑިއާއާ ދެމެދުގެ އައިޕީ ޓްރެފިކް މުޅިން ހުއްޓުނެވެ. އައިޕީ މައްސަލަ މި ހިނގާ 24 ގަޑިއިރު ތެރޭ ރަނގަޅު ކުރަން އާރްއޯލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާރްއޯއެލް އިން ބުނީ ކަސްޓަމަރުންނަށް އިންޓަނެޓް ހިދުމަތްތައް އަސާސީ ގޮތެއްގައި ފޯރުކޮށްދޭން ދިރާގާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އައިޕީ ޓްރެފިކް ބެކްއަޕް ގާއިމްކޮށް، ދިރާގު ޓެކްނިކަލް ޓީމާއެކު މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށް އާރްއޯއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

"އިންޑިޔާ ކައިރިން ހަލާކުވި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތްތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ. ޓްރިވެންޑްރަމާ ގުޅާފައިވާ މި ކޭބަލް މުޅިން ރިސްޓޯ ކުރެވެންދެން ޓްރެފިކްގެ ބައެއް ހޯދާނީ ލަންކާއަށް އިތުރު އައިޕީ ލިންކް ގާއިމްކޮށްގެން،" އާރްއޯއެލް ނޫސްބަޔާނުގައި ބުންޏެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އަޅާފައިވާ ސަބްމެރީން ފައިބާ ކޭބަލަކީ އާރްއޯއެލް އާއި ރިލަޔަންސް އިންޑިޔާ އަދި އުރީދޫން އިންވެސްޓް ކޮށްގެން 2005 ވަނަ އަހަރު ގާއިމްކުރި ސިސްޓަމެކެވެ. ވާފް ޓެލެކޮމް އިންޓަނޭޝަނަލް މެދުވެރިކޮށް ރާއްޖެއަށް ޓެލެކޮމިއުނިކޭޝަން ހިދުމަތް ފޯރު ކުރަން މި ސިސްޓަމް ގާއިމްކޮށް، ބެކްއަޕް ލިންކްތައް އަޅާފައި ވަނީ ސްރީ ލަންކާއާ ދެމެދު އެވެ.