Roadha Mihaaru
ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި

ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި

13 ޖޫން 2017

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

މާލެ އާއި އަތޮޅުތަކުން ކުނި ނައްތައިލުމުގެ ޚިދުމަތް ދޭން އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޕްރައިވެޓައިޒޭޝަން ބޯޑުން ހަމަޖައްސާފައި ވަނީ ގދ. ތިނަދޫ، ހުވަދޫ މުހައްމަދު ޝިފާއު އެވެ.

މޯލްޑިވްސް ގޭސްގެ އިސް މަގާމެއްގައި ހުންނެވި ޝިފާއު ވަނީ ދާދި ފަހުން ވެމްކޯގެ ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފަ އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ޝިފާއު އައްޔަން ކުރެއްވިއިރު ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފުއާދު އަދި ޗެއާމަން އަލީ ހާލިދު އެ މަގާމުން ވަކިކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.