ހައި ކޯޓު ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
18 ޖޫން 2017
ހައި ކޯޓު ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި އެ ބިލް މަޖިލީހުން ފާސްކުރީ އެއްވެސް ބަދަލެއް ގެނައުމެއް ނެތި، ސަރުކާރުން ހުށަހެޅި ގޮތަށެވެ.
މި ބިލް ރައީސް ތަސްދީގު ކުރެއްވުމާ އެކު މިއަދުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަންޖެހޭނެ އެވެ. މި ބިލް ތަސްދީގު ކުރެއްވުމާ ހަމައަށް ހައި ކޯޓުގެ ބެންޗުގައި ތިއްބަވަނީ ނުވަ ފަނޑިޔާރުންނެވެ. އެކަމަކު އެ ކޯޓުގެ ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވާފައިވާތީ މިވަގުތު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ.
އެހެންވެ އެ ބިލް އޮތްގޮތުން ކުރިއަށް ތިން މަސް ތެރޭގައި އިތުރު ހަތަރު ފަނޑިޔާރުން ހައި ކޯޓަށް އައްޔަންކުރަން ޖެހެ އެވެ.
ގާނޫނަށް ގެނައި އިސްލާހު އޮތްގޮތުން ފަނޑިޔާރުންގެ އަދަދު އިތުރުވިޔަސް ފަނޑިޔާރުން އިތުރު ވާނީ މާލޭގެ ހައި ކޯޓަށެވެ. ގޮފިތަކުގައި ކުރިން ވެސް ތިބޭނީ ތިން ފަނޑިޔާރުންނެވެ.
ފައިސަލް އިސްތިއުފާދިނުމުން ހައި ކޯޓު ހިންގުން ޖަމީލަށް
ހައި ކޯޓަށް އިސްގާޒީ މާހިރު އައްޔަންކުރަން ނިންމައިފި
ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމަށް ހުޅުވާލައިފި
ހައިކޯޓަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ކޯޓަށް
ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ސާބިތުވެއްޖެ: އަދުރޭ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
ޝަރުއީ ދާއިރާގެ އިސް މަގާމުތަކަށް ޝައުގެއް ނެތް!
ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރާނެ ބޭފުޅަކު ނުވި
ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި