އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް އަހުމަދު ހިޝާމް ވަޖީހު މިއަދު އައްޔަން ކުރައްވައިފި އެވެ.
21 ޖޫން 2017
އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް އަހުމަދު ހިޝާމް ވަޖީހު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވި ހިޝާމަކީ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އެވެ. އޭނާއަކީ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ދަނބިދަރިފުޅެވެ.
ހިޝާމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވިއިރު ބޮޑެތި މައްސަލަތަކެއްގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލެކެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތުގަ އާއި އެ ނޫން ވެސް ބައެއް ބޮޑެތި ޝަރީއަތްތަކުގައި ހިޝާމް ވަނީ ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވައިފަ އެވެ.
އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވީ ވަކީލް އިސްމާއިލް ވިޝާމެވެ. މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ އެ މަގާމުން ވަކި ކުރެއްވި ފަހުން މިއަދާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެވެ.
14.7މިލިއަން ރުފިޔާ ހޯދަން ޔާމީން އޮތީ ހުށަހަޅާފައި
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
ޖަމީލު ވަކިކުރި މައްސަލައަށް ކޯޓުން ހައްލެއް ނެތް
ޔާމީނާއި އަދީބުގެ މައްސަލައެއް އޭޖީ އޮފީހުން ފުލުހަށް
ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރު 17 ގައި: އީސީ
ހައްގުތައް ކަށަވަރުކުރާނީ ދީނާ ފުށުނާރާ ގޮތަށް: އޭޖީ
ވެންޓިލޭޓަރު މައްސަލާގައި 37 މިލިއަން ދޭން އަންގައިފި
އޭޖީ އޮފީހުގެ ބިލުން ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ
"ބިލުގެ ބޭނުމަކީ ގާނޫނާހިލާފުނުވެ މައުލޫމާތު ފެތުރުން"
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް