ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިސްތިއުފާ ދެއްވުން ކަމަށް މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
27 ޖޫން 2017
ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިސްތިއުފާ ދެއްވުން ކަމަށް މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކް ޕޯސްޓެއްގައި ތޯރިގް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަތިތައް ހައްލު ނުވެ ދިއުމުގެ ޒިންމާ ޝައިނީ ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި އިތުރަށް މަގާމުގައި ހުންނަވައިގެން އެކަމަށް ހައްލެއް ފެންނާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ޝައިނީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް މަހިބަދޫ ދާއިރާ ތަމްސީލް ކުރާ މެމްބަރުގެ ހައިސިއްޔަތުން ދެކޭތީ، ޝައިނީ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަން،" ރައީސް އަބްދުﷲ ޔާމީންގެ އެންމެ ގާތް އެއް މިނިސްޓަރާ ގުޅޭ ގޮތުން ތޯރިގް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިނީ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "ބެޔަސް، ނުބެޔަސް" ސިޔާސަތު ތިން އަހަރު ވެގެން ދިޔައިރު ވެސް ކާމިޔާބުވެފައެއް ނެތެވެ. މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާ ބެހޭ "ރެގިއުލޭޓްރީ ބޮޑީއެއް" އުފައްދަން މަޖިލިހުގެ ޕީޕީއެމް މެމްބަރުން އެދިވަޑައިގެން ނަމަވެސް، އެކަން ވެސް ކުރައްވާފައި ނުވާ ކަމަށް، ޝައިނީ އިސްތިއުފާ ދެއްވަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ތޯރިގު ހިމެނުއްވި އެވެ.
މީގެ އިތުރުން ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާއި މިނިސްޓަރާ ދެމެދު "ޖާއިޒު ނޫން" ގުޅުންތަކެއް އޮންނަ ކަމަށް ގިނަ އަދަދެއްގެ މަސްވެރިން ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ނެންގެވި އެހެން މައްސަލަތަކުގެ ތެރޭގައި މާލޭގެ ފަޅުން މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް މަސްވެރިންގެ ހައްގުތައް ހޯދައި ދެއްވަން ޝައިނީ މަސައްކަތް ނުކުރެއްވުން ހިމެނެ އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހުން މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅި، ފާއިތުވެދިޔަ އަހަރުތަކުގެ ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކުގައި މާލިއްޔަތު ގަވާއިދާއި ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ހުރި ކަންކަން ރަނގަޅު ކުރަމުން ދާކަން އޮޑިޓް ރިޕޯޓުތަކުން ނުފެނެ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ތޯރިގު ވަނީ ކުޑަ ދުވަސްކޮޅަކަށް އެފްއޭއެމްގެ ރައީސްކަން ކުރައްވައިފަ އެވެ. އެކަމަކު އެ މަގާމުން އޭނާ ބޭރުކުރަން ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި ބައެއް މިނިސްޓަރުންގެ ނުފޫޒު އޮތް ކަމަށް، ތޯރިގާ ކައިރި ބައެއް ފަރާތްތަކުން ދެކެ އެވެ.
ފިޝަރީޒް މިނިސްޓްރީ އަށް އެކި ގޮތްގޮތުން ލިބެން ޖެހޭ 39 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ފިޔަވަޅު އަޅާފައި ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ހަރު މުދަލުގެ ރެކޯޑް ރަނގަޅަށް ބަލަހައްޓާފައި ނެތުމާއި މާލީ ބަޔާންތައް މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އޮޑިޓް ކުރަން އޮޑިޓް އޮފީހަށް ހުށަހަޅާފައި ނެތް މައްސަލަ ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މަސްވެރިންނަށް ނަތީޖާ ނުފެނުނީ ޝައިނީއާ ހެދި: ތޯރިގް
ޝައިނީ އަށް ޕީޖީގެ ފުރިހަމަ ތާއީދު އެބައޮތް: ޚަލީލް
ފެއާ ޓްރޭޑް ސެޓްފިކެޓުގައި މަސް ބޭރު ކުރަން ފަށައިފި
ލާމު ކޯޕަރޭޓިވްގެ އޯގެނިކް ގަސްކާނާ ބާޒާރަށް ނެރެފި
މަސްވެރިންގެ ދަރަނި މިފްކޯ އިން އަދާކޮށްފި: ޝައިނީ
މަހުން ހާއްސަ އަގެއް ހޯދައިދޭ އެއްބަސްވުމަށް ތާއީދު
މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވީ ޖެނުއަރީގައި
މަސްވެރިންގެ ބެކްލޮގް މާދަމާއެއްކޮށް ކްލިއާވާނެ: ޝިޔާމް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ފިޝަރީޒް މިނިސްޓްރީގެ ޓީމަކަށް ދެއްވަދޫން ހުރަސްއަޅައިފި