20 އޯގަސްޓް 2019
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި "ކަންނެލި ޖަގަހަތައް" ގާއިމު ކުރުމަށް ވުރެ، އުތުރާއި ދެކުނުގައި މަސް ފެކްޓަރީއެއް ގާއިމުކޮށްފި ނަމަ، މަސްވެރިކަމުގެ ސިނާއަތް ކުރިއަރާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި "ކަންނެލި ޖަގަހަތައް" ގާއިމު ކުރުމަށް ވުރެ، އުތުރާއި ދެކުނުގައި މަސް ފެކްޓަރީއެއް ގާއިމުކޮށްފި ނަމަ، މަސްވެރިކަމުގެ ސިނާއަތް ކުރިއަރާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލަކީ 2004-2005 ވަނަ އަހަރު ފަރުމާކޮށްފައި އޮތް ފްރޭމްވޯކެއް ކަމަށެވެ. ބިލްގައި އޮތް އެއްޗެއް ސާފު ނުވާ އިރު، ބިލްގެ ކޮންމެ ބާބެއްގައި އޮތީ ފިޝަރީޒް މިނިސްޓްރީން ގަވައިދު ހަދާނެ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަސްވެރިން ބޭނުންވާ ކަންތައްތައް ބިލްގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަރިމަތީ ސުރުހީގައި ވަރަށް ރީތި އިބާރާތްތަކެއް އެބަހުރި. އޮފްޝޯ ޕްލެޓްފޯމްތަކަކާއި (ކަންނެލި ޖަގަހަތައް) ހެޔޮވެރިކަން ކުރުމަކީ ކިހިނެއް ކުރާ ކަމެއް ކަން ބިލްގައި ބުނެފައެއް ނުވޭ،" ތޯރިގް ވިދާޅުވި އެވެ.
މަސްވެރިންނަށް ހެޔޮ ކަމެއް ކޮށްދޭ ނަމަ، ބޮޑު ކަންނެލި ގަނެވޭނެ ދެ ފެކްޓަރީ ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅަން ޖެހޭ ކަމަށާއި ކަންނެލި ޖަގަތައް ގާއިމުކޮށްގެން ވާނެ ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ތޯރިގް ވިދާޅުވި ގޮތުގައި މަސް ފެކްޓަރީތައް ގާއިމު ކުރަންވީ ހއ. އާއި އައްޑޫގަ އެވެ. އެތަނުގައި ތެލާއި ކޮއްތާއި އައިސް އަދި މަސް ގަނެވޭނެ ގޮތްތަކެއް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ބަޔަކަށް ރަށެއް ދީގެން ނަމަވެސް ކުރަންޖެހޭ ކަމެކެވެ.
"ޕްލެޓްފޯމްތަކެއް އެޅިދާނެ ވަރަށް ބޮޑެތި ހަރަދުކޮށްގެން. އެ މަސް ވިއްކަން 100 މޭލު ބޭރަށް ދާނެ މީހަކު ނުހުންނާނެ. އެންވެރިކަން ދިރުވާނީ ކިހިނެއްތޯ 100 މޭލު ބޭރުގައި؟ މި ކިޔަނީ އޭގެ ފުންމިން ނޭނގޭ ސަރަހައްދު،" އޮފްޝޯ ޕްލެޓްފޯމް ހަދަން ދެކޮޅު ހައްދަވައި ތޯރިގް ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގައި މިހާރު ވެސް މަސް ފެކްޓަރީތައް އެ ހުރީ. މި ތިން ސަރަހައްދުގައި މަސްވެރިންނަށް މަސް ގަނެވޭނެ ގޮތަށް ތަރުތީބުކޮށްފިއްޔާ އެ ވާނީ ހެޔޮ ވެރިކަމެއް ކުރި ކަމަކަށް،"
ތޯރިގް ވިދާޅުވި ގޮތުގައި އެމްޑީޕީން 2008 ގައި ވެރިކަމަށް އައިސް މިފްކޯ އާއި ފެލިވަރާއި ކޫއްޑޫ ނަމުގައި ކުންފުނިތައް ހެދުމުގެ ސަބަބުން ބޮޑު ކަންނެލީގެ މަސްވެރިކަން އޭރު ކަނޑުއޮތްގިރީގައި ކުރަމުން ދިޔަ ކުންފުނި ވަނީ އިނދަޖެހިފަ އެވެ. ކަނޑުއޮތްގިރީގައި މިހާރު ސާޅީހަކަށް މުވައްޒަފުން ތިބެގެން ކުރާ ހަމައެކަނި ކަމަކީ އައިސް ވިއްކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑު ރަށެއް ނަގައިގެން ސާޅީސް މުވައްޒަފުން ލައިގެން ކަނޑުއޮތްގިރީގައި އައިސް ވިއްކުމުގެ ބޭނުމަކީ ކޮބައިތޯ؟ ކީއްވެތޯ ބޮޑުކަންނެލީގެ މާކެޓަށް، ކަނޑުއޮތްގިރި އަށް ނުވަތަ މިފްކޯ ވަދެގެން ނުދެވެންވީ؟ އެ ކުންފުނީގެ ރަނގަޅު މުވައްޒަފުންތައް ދެމިގަނެގެން ދިޔައީ ކީއްވެގެންތޯ؟" ތޯރިގް ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑު އާބާދީއެއް ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުން އައި ނަމަވެސް، މަހުގެ އަގު އެވްރެޖްކޮށް އުޅެނީ 50ރ. އާއި 35ރ. އާ ދޭތެރޭގައި ކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ކަންނެލި މަސްވެރިކަން ކުރާ މީހުން މިހާރު ކަންމަތީ ފިހާރަތަކަށް ދަރާފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިހަ ދުވަހަށް (މަހަށް) ގޮސް އެނބުރި އަންނަ އިރު އަނބިމީހާ އަތުގައި ފައިސާއެއް ނޯވޭ. މަހަށް ފުރައިގެން ދަނީ އެ މީހާ ގައިގައި ލާނެ ލޯޝަން ކޮޅެއް ވެސް ނެތް ވަރަށް އެމީހާގެ އަތްމަތި ދަތިވެގެން ހުރެ. ދިހަ ދުވަހު މަސައްކަތްކޮށްފައި އައިސް 1،000ރ.-2،000ރ. ލިބުނީމަ ކިހިނެއްތޯ ހިސާބު ޖަހަނީ؟" ރާއްޖޭގެ ގިނަ އަތޮޅުތަކުގެ ރައްޔިތުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާކަން ފާހަގަކުރައްވައި ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި ދެކުނުގެ އަތޮޅުތައް ފިޔަވައި އެހެން އަތޮޅުތަކުގައި މަސް ގަންނާނެ ފެކްޓަރީތަކެއް ނެތް އިރު، ބޮޑުކަންނެލި ވިއްކަން މަސްވެރިން ޖަމާވާން ޖެހިފައި ވަނީ މާލެ ސަރަހައްދަށެވެ.
މަސްވެރިކަމުގެ ބިލް މަޖިލިހުން ފާސްކޮށްފި
މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!
މަސްވެރިކަމުގެ ބިލަކީ މަޖިލިހަށް ކުރި މަލާމާތެއް:ޝިޔާމް
މަސްވެރިކަމުގެ މަނާ ބާވަތް ކަނޑައަޅައި ޖޫރިމަނާ ކުރަނީ
އެމްޑީޕީގެ ހުށަހެޅުން: މަސް ދޯނިތައް ލަންކާ އަށް
މުޒާހަރާ ރޫޅާލުމުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް
މަސްވެރިންނަށް ޕެންޝަނެއް ގާއިމުކޮށްދޭން ޖެހޭ: އީވާ
ގާއިމްކުރަންވީ ގޭދޮށު މަސް ފެކްޓަރީ! ކަންނެލި ޖަގަހަ!
ޝައިނީ އަށް ޕީޖީގެ ފުރިހަމަ ތާއީދު އެބައޮތް: ޚަލީލް